އެސްޓީއޯ އޭދަފުށީ ފާމަސީ އަށް މުވައްޒަފުން ހޯދަނީ

އެސްޓީއޯ ވެބް ސައިޓްގެ ސްކްރީން ޝޮޓެއް: އެތަނުގެ ފާމަސީއެއް އޭދަފުށީގައި ވަރަށް އަވަހަށް ހުޅުވޭނެ
އެސްޓީއޯ ވެބް ސައިޓްގެ ސްކްރީން ޝޮޓެއް: އެތަނުގެ ފާމަސީއެއް އޭދަފުށީގައި ވަރަށް އަވަހަށް ހުޅުވޭނެ

 

ބ. އޭދަފުށީގައި ހުޅުވުމަށް ހަމަޖެހިފައިވާ އެސްޓީއޯ ގެ ފާމަސީ އަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް އިއުލާންކޮށްފި އެވެ.

އެސްޓީއީ އިން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އޭދަފުށީގައި އެ ކުންފުނީގެ ފާމަސީ އެއް އަންނަމަހު 15 ގައި ހުޅުވުމަށް ހަމަޖެހިފައިވާތީ އެ ފާމަސީއަށް މުވައްޒަފުން ބޭނުންވާ ކަމަށެވެ. މުވައްޒަފުން ހޯދުމަށް އިއުލާންކޮށްފައިވާ މަގާމުތަކަކީ ޝިފްޓް އިންޗާޖުންގެ އިތުރުން ސޭލްސް ރެޕްރެޒެންޓޭޓިވް އަދި އެސިސްޓެންޓް ސޭލްސް ރެޕްރެޒެންޓޭޓިވްގެ އިތުރުން މަސައްކަތު މީހެކެވެ.

ފާމަސީގެ ސިފްޓް އިންޗާޖުގެ މަގާމަށް ދެ މީހަކު ހޯދާއިރު ސޭލްސް ރެޕްރެޒެންޓޭޓިވް އަދި އެސިސްޓެންޓް ސޭލްސް ރެޕްރެޒެންޓޭޓިވްގެ މަގާމަށް ބޭނުން ވަނީ ހަތަރު މީހުން ކަމަށް އެސްޓީއޯ އިން ބުންޏެވެ. މި ވަޒީފާތަކަށް އެޕްލައި ކުރުމުގެ ފުރުސަތު މިމަހުގެ 29ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

އާސަންދަގެ ޚިދްމަތާ އެކު ހުޅުވާ މި ބޭސް ފިހާރައިން މާލޭގެ އެސްޓީއޯ ބޭސް ފިހާރަތަކުން ލިބެން ހުރި ހުރިހާ ބޭހެއް ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އޭދަފުށީގައި އެސްޓީއޯގެ ފާމަސީއެއް ހުޅުވަން މަސައްކަތް ކުރަމުން އަންނަ އިރު، އަމިއްލަ ދެ ފަރާތަކުން މިރަށުގައި ދަނީ ފާމަސީގެ ޚިދުމަތް ދެމުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.