އޭދަފުށީ ދާއިރާގެ ޒުވާނުންނަށް މާލޭގައި ފުޓްސަލް މުބާރާތެއް ބާއްވަނީ

އޭދަފުށީގައި ބޭއްވި ފުޓްސަލު މުބާރާތެއްގެ ތެރެއިން. އޭދަފުށި ދާއިރާގެ ޒުވާނުންނަށް ހާއްސަކޮށްގެން މާލޭގައި ފުޓްސަލު މުބާރާތެއް ބޭއްވުމަށް ދަނީ ތައްޔާރުވަމުން -- ފައިލް ފޮޓޯ
އޭދަފުށީގައި ބޭއްވި ފުޓްސަލު މުބާރާތެއްގެ ތެރެއިން. އޭދަފުށި ދާއިރާގެ ޒުވާނުންނަށް ހާއްސަކޮށްގެން މާލޭގައި ފުޓްސަލު މުބާރާތެއް ބޭއްވުމަށް ދަނީ ތައްޔާރުވަމުން — ފައިލް ފޮޓޯ

 

ބ. އޭދަފުށި ދާއިރާ ގައި ހިމެނޭ އޭދަފުށި، މާޅޮސް އަދި ހިތާދޫގެ ޒުވާނުންނަށް ހާއްސަކޮށްގެން މާލޭގައި ފުޓްސަލް މުބާރާތެއް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

އޭދަފުށީ ދާއިރާގެ ޒުވާނުންތަކެއް އިސްނަގައިގެން އަންނަ މަހުގެ 20 ވަނަ ދުވަހު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ޖެނުއަރީ 7 ވަނަ ދުވަހު ހުޅުވާލާނެކަމަށް މުބާރާތް އިންތިޒާމު ކުރާ ކޮމިޓީގެ އޮފިޝަލަކު ބުންޏެވެ.

އޭނާ ބުނީ މުބާރާތުގައި ބައިވެރިވުމުގެ ފީއެއްގެ ގޮތުން ކޮންމެ ޓީމެއްގެ އަތުން -/100ރ. ގެ ފީއެއް ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މުބާރާތުގައި ބައިވެރި ކުރަން ހަމަޖެހިފައި ވަނީ 16 ޓީމެވެ.

މުބާރާތުގުޅޭ އިތުރު މަޢުލޫމާތު 7517677، 7844671 ނަންބަރު ފޯނުން އަދި އޭދަފުށި ޑޮޓް އެމްވީ ވެބްސައިޓުންވެސް ލިބޭނެ ކަމަށް އޮފިޝަލު ބުންޏެވެ.

މިއީ މިހާތަނަށް ދާއިރާގެ ޒުވާނުންނަށް އަމާޒުކޮށްގެން މާލޭގައި ބާއްވާ ފުރަތަމަ ފުޓްސަލު މުބާރާތްކަން ފާހަގަކޮށްލެވެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.