ލޯބިވެރިންގެ ދުވަހާއި ފެބްރުއަރީ 14

loabi

އާންމު ގޮތެއްގައި ހަފްތާގެ ބަންދު ދުވަހު އާންމު ގޮތެއްގައި ފޭސްބުކް ބަލާލުމަކީ އާންމު ކަމެކެވެ. މިއަދުވެސް ފޭސްބުކްގެ ސަފްހާތައް ހުޅުވާލިއިރު އެހެން ދުވަސްތަކާޚިލާފަށް ގިނަ މެސެޖުތަކެއް ލިބިފައި ހުއްޓެވެ. ކިޔާލިއިރު ގިނައީ ލޯބިވެރިންގެ ދުވަހުގެ ތަހުނިޔާ މެސެޖްތަކެވެ. މަރުހަބާގެ ކޮމެންޓްތަކެވެ. އެއްވެސް މެސެޖަކަށް އަދި ކޮމެންޓަކަށް އަދި ލިބިފައި ހުރި އެއްވެސް ފޮޓޯއަކަށް އެއްވެސް ޖަވާބެއް ނުދީ މަޑުކޮށްލީމެވެ. ހިތަށްއެރިއެވެ. މިދުވަސް ފާހަގަކުރާ ދިވެހިން އަޅުގަނޑުމެންގެ ތެރޭގައި ވެސްއުޅެނީތާއެވެ. ލޯބިވެރިންނަށް ނުވަތަ ލޯބިވާ ދެމަފިރިއަކަށް މިއަދު ޚާއްސަވާންވީ ސަބަބަކީ ފަހެ ކޮބައިތޯއެވެ. ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހު 14 ވަނަ ދުވަސް ”ވެލަންޓައިންސް ޑޭ” ނުވަތަ ލޯބިވެރިންގެ ދުވަސް ފާހަގަކުރާއިރު އަހަރެންގެ މުޅި ހަޔާތުގައި އެދުވަސް ފާހަގަކުރެވިފައެއް ނެތެވެ. އަހަރެންނަށްވެސް މާޒީގައި ލޯބިވެރިން ލިބުނެވެ. އަހަރެން މައިންބަފައިންދެކެ ލޯބިވަމުއެވެ. އަހަރެމެން ދެމަފިރިން ދިރިއުޅެނީ ވަރަށް ލޯބިންނެވެ. ދަރިންދެކެވެސް އެހާމެ ލޯބިވެއެވެ. ނަމަވެސް ލޯބީގެ ޚާއްސަ ދުވަހެއް ފާހަގައެއް ނުކުރެވެއެވެ.

މި ދުވަހާ ބެހޭ ހަގީގަތް ބަލާލުމަށް އެހެން ސައިޓްތަކަށް ވަދެ މައުލޫމާ ހޯދާލީމެވެ. ވަރަށްގިނަ މައުލޫމާތު ލިބުނެވެ. މާޒީގައި މިދުވަސް އަހަރެންނަށް ފާހަގަނުކުރެވުކަން އެއީ އަހަރެންގެ ނަސީބެވެ. ކޮންމެ އާޓިކަލެއް ކިޔާލިއިރު މިއީ މުސްލިމުން ފާހަގަކުރުން ހުއްދަ ނޫން މުނާސަބަތެއްކަން ސާބިތުވިއެވެ. އަދި މިއީ ނަޞާރާ ދީނާ ގުޅިފައިވާ މުނާސަބަތެއްކަންވެސް އެގުނެވެ.

ސައިޓްތަކުން ލިބިފައިވާ މައުލޫމާތުގެ އަލީގައި ވެލަންޓައިންސް ޑޭ އަކީ ޤަދީމީ ރޫމީން (މިހާރު ރޯމް)ގެ މީހުން މީގެ 17 ގަރުނުގެ ކުރިން  ފާހަގަ ކުރަން ފެށި ޙަފްލާއެކެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި އެއީ “ރޫހާނީ ލޯތްބެކެވެ”.

ނަޞާރާދީނަށް ބަދަލުވުމަށް ފަހުވެސް އެމީހުން އައީ މިޙަފްލާ ފާހަގަ ކުރަމުންނެވެ. އެކަމަކު އެއީ ފާދިރީ ވެލަންޓައިން އަށް ނިސްބަތް ކޮށް “ޝަހީދުންގެ ލޯބީގެ” ދުވަހެއްގެ ގޮތުގައެވެ.

މިފަދަ ދުވަހަކީ މުސްލިމުން ފާހަގަކުރުމަށް ހުއްދަކަމެއް ނޫންކަމަށް އިލްމުވެރިން ލިއުއްވާފައި ވެއެވެ. މިދުވަސް ފާހަގަކުރުމުގައި އެންމެ ކުޑަމިނުން ތަހުނިޔާ ފޮނުވުންވެސް ހުއްދަ ނޫންކަމަށް ލިއުއްވާފައި ވެއެވެ. އަދި އެދުވަހާގުޅޭ އެއްވެސް ކަމެއްގައި ބައިވެރިވުމާއި، އެދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ކެއުމެއް އަދި ބުއިމެއްގައިވެސް، އަދި އެދުވަސް ފާހަގަކުރުމުގެ ގޮތުން ދޭ ހަދިޔާއެއްކަމުގައި ވިޔަސް އަދި އެދުވަހާގުޅިގެން އައު ހެދުމެއް ލީކަމުގައި ވިޔަސް އެއީ ހުއްދަނޫން ކަންތައްތައްކަމުގައި ލިއުއްވާފައި ވެއެވެ.

ކޮންމެއަކަސް އަޅުގަނޑުމެންނަށް މަދުން ނަމަވެސް ފެނިގެން މިދަނީ ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހު 14 ވަނަ ދުވަސް އަންނައިރު އޭނާގެ ލޯބިވެރިޔާއަށް ދޭނެ ރީތި ހަދިޔާއެއް ހޯދަން އުޅޭ މަންޒަރެވެ. އެދުވަހާ ގުޅުވައިގެން ރެސްޓޯރެންޓްތަކުގައި ޚާއްސަ މެނޫ ހަދައިގެން ދެ ޖިންސުގެ ޒުވާނުން ގައިގޯޅިވެ އުޅޭ މަންޒަރެވެ. އިންޓަނެޓްގެ ޒަރިޢާއިންނާއި ފޯނުން ތަހުނިޔާގެ މެސެޖުތަކާއި ފޮޓޯ ފޮނުވުމުގައި ވަގުތު ހޭދަކުރާ ތަނެވެ.

މިމައުލޫމާތުތަކުގެ އަލީގައި އެނގިގެން ދިޔައީ މި ދުވަސް ފާހަގަ ކުރުމަކީ އިސްލާމީ މުޖުތަމައު ފަސާދަވެ އިސްލާމް ދީނުގެ އަދުއްވުން ކުރާ މިފަދަ ކަންކަމުގައި މުސްލިމުން ބަނދެވިގެން ދިއުމަކީ ދުރުގައި އޮތް ކަމެއް ނޫންކަމެވެ. ވީމާ މިފަދަ ކަންކަމުން އަޅުގަނޑުމެން ސަމާލުވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުކަމެކެވެ. ލޯބިވާ ބަޔަކަށް އަހަރުގެ ކޮންމެ ދުވަހަކީ ހާއްސަ ވަގުތުތަކެވެ. އުފާވެރި ވަގުތުތަކެކެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. riza

    އަޅުގަޑު އުފެދޭ ސުވާލަކީ ތިޔަބުނާ ލޯބިވެރިންގެ ދުވަހުގައިވެސް މިޤައުމުގައި ތިބި %200 މުސްލިމުން ޖެހިފައި، އިސްލާމް ދީނުގައި ކަންއޮތްގޮތް ނޭގިގެންތޯ ޔަހޫދީން ރާވާ ހުރިހާ ރޭވުމެއްގައި %300 މުސްލިމުންޖެހެމުން މިދަނީ

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.