އޭދަފުށީގައި ފުޓްބޯޅަ ދަނޑެއް ތަރައްގީ ކޮށްދޭނަން: ޔަޒީދު

އޭދަފުށި ޓައިމްސްޚަބަރު

Junior football 2

ބ. އޭދަފުށީގައި ރަނގަޅު ފެންވަރުގެ ފުޓްބޯޅަ ދަނޑެއް ތަރައްގީ ކޮށްދޭނެކަމަށް  ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލައްވާފައިވާ އަބްދުﷲ ޔަޒީދު (މުއާ) މިއަދު ވިދާޅުވެއްޖެ އެވެ.

ޔަޒީދު ވިދާޅުވީ އޭދަފުށީގައި ރަނގަޅު ފެންވަރުގެ ދަނޑެއް ނެތުމަކީ އޭދަފުށީގެ ރައްޔިތެއްގެ ހައިސިއްޔަތުން އޭނާ ދެރަވެ ހިތާމަކުރައްވާ ކަމެއް ކަމަށެވެ. އަދި ގިނަ އަދަދެއްގެ މަތީ ފެންވަރުގެ ފުޓްބޯޅަ ކުޅުންތެރިން އުފެދިފައިވާ ރަށެއްގައި ކޮންމެހެންވެސް ކުރަން  މުހިންމު ކަމެއްކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.

“މިއީ އަޅުގަނޑުގެ ވަރަށް ބޮޑު އުއްމީދެއް، މިކަން ކުރުމަށް ހެޔޮއެދޭ ވަރަށް ގިނަ ފަރާތްތަކުން އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން އެބައޮތް. އިރާދަކުރެއްވިއްޔާ އަޅުގަނޑު މަޖިލީހަށް ހޮވުނަސް، ނުހޮވުނަށް މިކަން ކޮށްދޭނަން،” ޔަޒީދު ވިދާޅުވި އެވެ.

ޔަޒީދު ވިދާޅުވީ ފުރަތަމަ ފަހަރަށް މެނިފެސްޓޯއެއް ތައްޔާރުކޮށް ވައުދުތަކެއްވެ، އެ ވައުދުތައް ފުއްދުމުގައި ނަމޫނާ ދައްކަވައިފައި ވާނެކަމަށާއި އަދި މިއީ “ތަރައްޤީ އާއި އުފާވެރިކަމުގެ ފެށުން” ކަމަށެވެ.

ޔަޒީދު ފުޓްބޯޅަ ދަނޑު ތަރައްގީކޮށްދެއްވާނެ ކަމަށް ވިދާޅުވިއިރު، މި ދާއިރާއަށް ޕީޕީއެމް ޓިކެޓްގައި ކެމްޕޭން ކުރައްވަމުން ގެންދަވާ މިހާރުގެވެސް މެންބަރު އަހްމަދު ސަލީމުގެ ކެމްޕޭން ފެށުމުގެ ޖަލްސާގައި ސަލީމުގެ ކެމްޕޭނަށް އެހީތެރިވުމުގެ ގޮތުން  އޭދަފުށީ އިރުމަތީ ސަރަހައްދު ފުޓްބޯޅަ ދަނޑު ރަނގަޅު ފެންވަރަކަށް ހައްދަވައިދެއްވަން ނިންމައިފައިވާ ކަމަށް އޭދަފުށީގެ މަހުޖަނު އަދި ކްރައުން ކޮމެޕެނީގެ އޯނަރު އަހްމަދު ނަޒީރުވެސް ވަނީ ވިދާޅުވި އެވެ. އަދި އެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށްވެސް އެ ޖަލްސާގައި ނަޒީރު ވިދާޅުވި އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...