އިމާދުއްދީން ބަލިކޮށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި

Goidhoo

4 ވަނަ މައިލޯ އިންޓަ ސްކޫލް ވޮލީ މުބާރާތުގެ އަންހެން ބައިގެ 14 އަހަރުންދަށުގެ ޗެމްޕިއަންކަން ބ. ގޮއިދޫ ސްކޫލް ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓްގައި އިއްޔެ ހަވީރު ކުޅުނު ފޯރިގަދަ ފައިނަލް ގޮއިދޫ ސްކޫލް ކާމިޔާބުކުރީ ސީދާ 3 ސެޓުން އިމާދުއްދީން ސްކޫލު ބަލިކޮށްގެނެނެވެ. މެޗުގެ ސެޓުތައް ގޮއިދޫ އިން ގެންދިޔައީ 25-8، 25-15 އަދި 25-15 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ގޮއިދޫގެ ޝާނިޔާ އަހުމަދު ނާޒިމެވެ.

 ގޮއިދޫ ސްކޫލު ވަނީ މި މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުންވެސް  ސެޓަކުން ބަލިނުވެ މޮޅު ކުޅުމެއް ދައްކައިދީފަ އެވެ.

މުބާރާތުގެ 14 އަހަރުން ދަށުގެ އެންމެ މޮޅު 6 ކުޅުންތެރިންގެ ތެރޭގައި ގޮއިދޫ ސްކޫލުގެ ތިން ކުޅުންތެރިއަކުވަނީ ހިމެނިފަ އެވެ. އެއީ އެ ސްކޫލްގެ ސާނިޔާ އަހުމަދު ނިޒާމު އާއި، އައިމިނަތު ރުދައިނާ އާއި، މައިޝާ އަބްދުލްހަންނާނު އެވެ.

މި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ގޮއިދޫ ސްކޫލްގެ ކޯޗު މުހައްމަދު ނިޒާމެވެ. ނިޒާމަކީ އެ ސްކޫލުގެ ޕްރިންސިޕަލެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހޯދުމާ އެކު، ގޮއިދޫ ސްކޫލަށް ވަނީ ފައިސާގެ އިނާމާއި ވޮލީބޯޅައިގެ ބައެއް ސަމާނު ލިބިފަ އެވެ. މިއީ އަތޮޅުތަކުން ވާދަކުރާ ސްކޫލްތަކަށް އިތުރު ހިތްވަރެއް ދިނުމުގެ ގޮތުން ވޮލީބޯލް އެސޯސިއޭޝަނުން ދިން އިނާމުތަކެކެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. Abdul muhaimin

    ހުރިހާ ކުދިން ވަރަށް ހިތްވަރުކޮށް ތި ކުރި ބުރަ މަސައްކަތާއި ދެއްކި ކުޅުމަށް ސާބަސް. އަދި ނިޒާމް އަށްވެސް ވަރަށް ބޮޑަށް މަރުޙަބާ!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.