އާއްމު އިންތިހާބުގެ ސެކިއުރިޓީ ބެލެހެއްޓުމާ ބެހޭ ގޮތުން އޭދަފުށީގައި ވާރކްޝޮޕެއް ބާއްވައިފި

ނޯތު ސެންޓްރަލް ރީޖަންގެ އެނުއަލް ވާރކްޕްލޭން ތައްޔާރުކުރުމާއި، އާއްމު އިންތިހާބުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ބެހޭގޮތުން މަޝްވަރާކުރުމަށް އޭދަފުށީގައި ބޭއްވި ވާރކްޝޮޕުގައި ފުލުހުންނަށް މައުލޫމާތުދެނީ –ފޮޓޯ / ޕޮލިސް

2009 އިން 2010 އަށް ނޯތު ސެންޓްރަލް ރީޖަންގެ އެނުއަލް ވާރކްޕްލޭން ތައްޔާރުކުރުމާއި މި މަހުގެ މަހުގެ 9 ވަނަ ދުވަހު މުޅި ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކުރިއަށްދާއިރު މި ސަރަހައްދުގެ ރަށްތަކުގައި ސަލާމަތީ ކަންތައްތައް ބެލެހެއްޓުމާއި ބެހޭގޮތުން މަޝްވަރާކުރުމަށް ވާރކްޝޮޕެއް އިއްޔެ އޭދަފުށީގައި ބާއްވައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނި ގޮތުގައި މިވޯރކްޝޮޕްގައި ނޯތުސެންޓްރަލް ރީޖަންގެ ހަތަރު އަތޮޅު ކަމުގައިވާ ނ. ރ. ބ. ޅ. ގައި މަސައްކަތްކުރާ ފުލުހުންގެ ފަރާތުން ރައްޔިތުންނަށްދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމާއި، ޕޮލިސް ސްޓޭޝަން ނުހުންނަ ރަށްތަކަށް މިހާރަށްވުރެ ގާތުން ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ޕްލޭނެއް ވަނީ އެކުލަވާލާފައެވެ.
”މިޕްލޭން އެކުލަވާލާފައިވަނީ މައިގަނޑު ފަސްކަމެއްގެ މައްޗަށް އެއީ ކޮމިޔުނިޓީ ޕޮލިސިން، ސްޓާފްޑިވޮލޮޕްމަންޓް ، އިދާރީ ހިންގުން ، އެވެއަރނެސް ޕްރޮގްރާމް އަދި މައްސަލަތައް ތަހުގީގު ކުރުން” ފުލުހުންގެ އިދާރާއިން ބުންޏެވެ.
މީގެ އިތުރުން މި ރީޖަންގެ ރަށްތަކުގައި އިންތިޚާބު ކުރިއަށްދާއިރު ސަލާމަތީކަންތައް ބަލަހައްޓާނެ ގޮތްތަކެއްވެސް ވަނީ މިއަދު ބޭއްވި ވޯރކްޝޮޕްގައި ކަނޑައަޅުއްވާ ކަމަށް ފުލުހުންގެ އިދާރާއިން ބުންޏެވެ.
ބ. އަތޮޅު ހޮސްޕިޓަލުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ވާރކްޝޮޕުގައި ނޯތު ސެންޓްރަލް ރީޖަން ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފު އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ސެކިއުރިޓީ ބެލެހެއްޓުމަށްޓަކައި މި ރީޖަންގެ އަތޮޅުތަކުގައި އިސްކޮށް ހަރަކާތްތެރިވުމަށް މާލެއިން ވަޑައިގެންނެވި އިސް އޮފިސަރުންގެ އިތުރުން މި ރީޖަންގެ އަތޮޅުތަކުގެ އިންޗާރޖުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.