މުބާރާތް ހުޅުވައިދޭނީ ސޮނެވާ އާއި އަނަންތަރާ

ރިސޯޓް މުބާރާތުގެ ގުރުނެގުމަށް ރޭ ރޯޔަލް ރިސޯޓްގައި ބޭއްވި ހަފްލާގެ ތެރެއިން-- ފޮޓޯ ސީސީ
ރިސޯޓް މުބާރާތުގެ ގުރުނެގުމަށް ރޭ ރޯޔަލް ރިސޯޓްގައި ބޭއްވި ހަފްލާގެ ތެރެއިން– ފޮޓޯ ސީސީ

 

ބ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ސީސީ އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ  ގުރު ރޭ ނެގިއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި މިދިޔަ އަހަރުގެ ޗެމްޕިއަން ސޮނެވާފުއްޓާއި އަނަންތަރާ ބައްދަލުކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިގޮތަށް ހަމަޖެހުނީ ރޯޔަލް އައިލެންޑް ރިސޯޓްގައި ރޭ ބޭއްވި މުބާރާތުގެ ގުރު ނެގުމުގެ ހަފްލާގަ އެވެ.

މިމަހު 10 ވަނަ ދުވަހު ހަވީރު އޭދަފުށީގައި ފަށާ މި މުބާރާތުގައި މިއަހަރު ވާދަކުރަނީ ޖުމްލަ ފަސް ރިސޯޓުންނެވެ. އެއީ ސޮނެވާ އާއި އަނަންތަރާގެ އިތުރުން ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާ އާއި ޑުސިތު ތަނި މޯލްޑިވްސް އަދި ކިހާދު މޯލްޑިވްސް އެވެ. ފޯ ސީޒަންސް ލަނޑާ ގިރާވަރު ރިސޯޓް މިފަހަރު މުބާރާތުގައި ބައިވެރިއެއް ނުވެއެވެ.

މުބާރާތް ރާވާފައިވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓްހޯދާ ޓީމާ އެކު، ދެން އެންމެ ނަތީޖާ ރަނގަޅު ދެޓީމުގެ މެދުގައި އިތުރު މެޗެއްކުޅެ މޮޅުވާ ޓީމެއް ފައިނަލަށް ހޮވޭ ގޮތަށެވެ. މުބާރާތުގެ ފައިނަލް މެޗު ކުރުމަށް ހަމަޖެހިފައިވަނީ އެޕްރިލް 23 ގަ އެވެ.

މިއީ އިންޓަ ރިސޯޓް މުބާރާތް ސީސީ އިން ބާއްވާ ތިން ވަނަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.