ހަމްޒާ ގައުމީ ސްކޮޑަށް ނަގައިފި

މާޒިޔާގެ އަތް ދަށުން ނިއު ސަލާމަތްވި ލަނޑު ކާމިޔާބު ކޮށްދިން ހަމްޒާ ލަނޑު ޖެހުމަށްފަހު އުފާފާޅު ކުރަނީ--ފޮޓޯ/ ނިއުރޭޑިއަންޓް
މާޒިޔާގެ އަތް ދަށުން ނިއު ސަލާމަތްވި ލަނޑު ކާމިޔާބު ކޮށްދިން ހަމްޒާ ލަނޑު ޖެހުމަށްފަހު އުފާފާޅު ކުރަނީ–ފޮޓޯ/ ނިއުރޭޑިއަންޓް

 

އޭއެފްސީ ޗެލެންޖް ކަޕަށް ތައްޔާރުވަމުން އަންނަ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑަށް ބ. އޭދަފުއްޓަށް އުފަން ޒުވާން ފޯވާޑް ހަމްޒާ މުހައްމަދު (ހަމްޕު) ނަގައިފި އެވެ.

ދެ އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން މިއަހަރު ނިއުރޭޑިއަންޓް ސްޕޯޓްސްއާ ގުޅުނު އެންމެ 18 އަހަރުގެ ހަމްޒާ ގައުމީ ޓީމުގެ ސްކޮޑަށް އިތުރު ކުރީ އޭއެފްސީ ކަޕުގައި ބުދަ ދުވަހު އިންޑޮނީޝިއާގެ ޕަރްސިޕޫރާ ޖަޔަޕޫރާއާ ދެކޮޅަށް ނިއު ކުޅުނު މެޗުގައި ދެއްކި ކުޅުން ގައުމީ ކޯޗު ޑްރާގޯ މަމިޗް ބެލުމަށް ފަހު އެވެ. ހަމްޒާގެ އިތުރުން ނިއު ރޭޑިއަންޓުގެ ތަޖުރިބާކާރު ފޯވާޑް އިބްރާހިމް ފަޒީލް (އޮއްޕޮ) ވެސް ވަނީ ގައުމީ ސްކޮޑަށް ނަގައިފަ އެވެ.

މި އަހަރު ގަލޮޅު ދަނޑަށް ތައާރަފްވީ ހަމްޒާ ވަނީ މި ސީޒަނުގައި މިހާތަނަށް ނިއު ކުޅުނު ހަތަރު މެޗުގައި ލިބުނު މަދު ފުރުސަތުތަކުގައި އުއްމީދީ ކުޅުމެއް ދައްކައިފަ އެވެ.

ހަމްޒާ. އޭނާއާ މެދު އުއްމީދު ބޮޑު. --ފޮޓޯ/ނިއުރޭޑިއަންޓްއެސްސީ.ކޮމް
ހަމްޒާ.

ހަމްޒާގެ ހުނަރުވެރިކަން ގިނަ ބައެއްގެ ލޮލުގައި އެންމެ ފުރަތަމަ އަޅައިގަތީ 2012 ވަނަ އަހަރު މާލޭގައި ބޭއްވި އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުންނެވެ. އޭގެ ފަހުން ޖެހިގެން އައި އަހަރުގެ އެފް.އޭ.އެމް ޔޫތު ޗެމްޕިއަންޝިޕްގައި ބައިވެރިވި އޭދަފުށި ޓީމުގައި ވެސް މުހިންމު ދައުރެއް އޭނާ އަދާކުރި އެވެ. މީގެ އިތުރުން ނިމިގެން ދިޔަ އަހަރު އަތޮޅަށް ހުޅުވާލައިގެން ބޭއްވި ފުޓްބޯޅަ މުބާރާތުގެ ތަށި އޭދަފުޓަށް ހޯދައިދިނުމުގައި އެ ކުޅުންތެރިޔާގެ ބޮޑު ރޯލެއް އޮތެވެ.

ހަމްޒާގެ އިތުރުން ސްކޮޑުގައި ހިމެނޭ އޭދަފުއްޓަށް އުފަން އެހެން ކުޅުންތެރިންގެ ތެރޭގައި މުހައްމަދު ޝިފާން (ކުޑައްޓޭ) އާއި ޝާފިއު އަހްމަދު (ޝާފީ) އަދި އަލީ ފާސިރު (ސެންޓޭ) ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ހީނާ އިއްބެ

    ހަމްޒާ އައް ހަމަސާބަސް….އޭދަފުށީގެ ދަރިއަކަށްވެހުރެ މިއަދު ދައްކަމުން ތިދާ ނަމޫނާ އަބަދުވެސް ދައްކަމުން ދާނެކަމައް އުންމީދުކުރަން….ރަށާ އަތޮޅައް ރީތިނަން ފުޓްބޯޅައިން އަބަދުވެސް ހޯދައިދެވޭތޯމަސައްކަތް ކުރާނެކަމައް ހީކުރަން….ހަމްޒާ ތިބިންދާލީ ބ.އަތޮލުގެ ރެކޯޑް….ތިގޮތުގަ ދެމިހުރެ ވޭތޯބަލާ…….ހަމްޒާ އަށް ފުޓްބޯޅައިގެ ކުރިމަގު އެބައޮތް…….އަދިވެސް އެއްފަހަރު ތިކުރިހިތްވަރައް ސާބަސް ރައްދުކުރަން……….

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.