ރިސޯޓް މުބާރާތް ފަސްކޮށްފި

ސޮނެވާ އާއި އަނަންތަރާ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ / ނައުރީފް
މިދިޔަ އަހަރު ސޮނެވާ އާއި އަނަންތަރާ ބައްދަލުކުރި މެޗުގެ ތެރެއިން– ފޮޓޯ / ނައުރީފް

 

މިއަދު ހަވީރު ފަށަން ކުރިން ހަމަޖައްސައިފައިވާ ސީސީ އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތް ހޮނިހިރު ދުވަހު ހަވީރު ފަށާގޮތަށް ފަސްކޮށްފި އެވެ.

މުބާރާތް އިންތިޒާމު ކުރާ ކްލަބް ކޮމްބިނޭޝަން (ސީސީ) އިން ބުނިގޮތުގައި ބ. އަތޮޅު ރިސޯޓްތަކުގެ މެދުގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތް ފަސް ކުރަންޖެހުނީ މުބާރާތުގެ ރެފްރީންނަށް އާދެވޭގޮތް ނުވުމުންނެވެ.

މމުބާރާތުގެ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހު ބައްދަލުކުރާނީ މިދިޔަ އަހަރުގެ ޗެމްޕިއަން ސޮނެވާފުއްޓާއި އަނަންތަރާ އެވެ.

މި މުބާރާތުގައި މިއަހަރު ވާދަކުރަނީ ޖުމްލަ ފަސް ރިސޯޓުންނެވެ. އެއީ ސޮނެވާ އާއި އަނަންތަރާގެ އިތުރުން ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާ އާއި ޑުސިތު ތަނި މޯލްޑިވްސް އަދި ކިހާދު މޯލްޑިވްސް އެވެ. ފޯ ސީޒަންސް ލަނޑާ ގިރާވަރު ރިސޯޓް މިފަހަރު މުބާރާތުގައި ބައިވެރިއެއް ނުވެއެވެ.

މުބާރާތް ރާވާފައިވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓްހޯދާ ޓީމާ އެކު، ދެން އެންމެ ނަތީޖާ ރަނގަޅު ދެޓީމުގެ މެދުގައި އިތުރު މެޗެއްކުޅެ މޮޅުވާ ޓީމެއް ފައިނަލަށް ހޮވޭ ގޮތަށެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން މުބާރާތުގެ ފައިނަލް މެޗު ކުރުމަށް ހަމަޖެހިފައިވަނީ އެޕްރިލް 25 ގަ އެވެ.

މިއީ އިންޓަ ރިސޯޓް މުބާރާތް ސީސީ އިން ބާއްވާ ތިން ވަނަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.