އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗު ސޮނެވާ ކާމިޔާބުކޮށްފި

އޭދަފުށި ޓައިމްސްކުޅިވަރު

ސޮނެވާ އަދި އަނަންތަރާ ބައްދަލުކުރި މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދި އަޒްމީން އަށް ޓްރޮފީދެނީ-- ފޮޓޯ / ސީސީ
ސޮނެވާ އަދި އަނަންތަރާ ބައްދަލުކުރި މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދި އަޒްމީން އަށް ޓްރޮފީދެނީ– ފޮޓޯ / ސީސީ

 

ބ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްބޯޅަމުބާރާތް، ސީސީ އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި އަނަންތަރާ އަތުން ސޮނެވާފުށި ރިސޯޓް މޮޅުވެއްޖެ އެވެ.

އޭދަފުށީ ފުޓްބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު އެ މެޗް ސޮނެވާފުށި ކާމިޔާބުކޮށްފައި ވަނީ 3-1 އިންނެވެ.

މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމް ހޯދީ ސޮނެވާފުށީގެ އަޒުމީން އަބްދުއަސައްތާރު އެވެ.

މި މުބާރާތުގައި މިއަދު ހަވީރުކުޅޭ މެޗުގައި ރޯޔަލް އައިލެންޑް ރިސޯޓާ ދެކޮޅަށް ނުކުންނާނީ ކިހާދު މޯލްޑިވްސް އެވެ.މި މުބާރާތުގައި މިއަހަރު ބ. އަތޮޅުގެ ފަސް ރިސޯޓުން ވާދަކުރެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...