ރޯޔަލް އާއި ކިހާދު މޯލްޑިވްސް އެއްވަރުވެއްޖެ

ސީސީ އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގެގައި މިއަދު ހަވީރު ރޯޔަމް އައިލެންޑް ރިސޯޓާއި ކިހާދު މޯލްޑިވްސް ކުޅުނު މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.
އޭދަފުށީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ލީޑު ނެގީ ކިހާދު މޯލްޑިވްސް އިންނެވެ. މި ލަނޑު 17 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަބްދުﷲ ނާޒިމް އެވެ. ރޯޔަލް އިން އެއްވަރުކުރީ 44 ވަނަ މިނެޓުގައި މުހައްމަދު ރިޔާޒު ޖަހައިދިން ލަނޑުންނެވެ.
ރޯޔަލް އައިލެންޑަށް މިއަދު މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ.
މުބާރާތުގައި މާދަމާ ހަވީރު ވާދަކުރާނީ ޑުސިތު ތާނީ މޯލްޑިވްސް (މުއްދޫ) އާއި އަނަންތަރާ ކިހަވައް ވިލާސް އެވެ.
2012 ވަނަ އަހަރު ތައާރަފު ކުރި މި މުބާރާތާކީ ބ. އަތޮޅުގެ ރިސޯޓްތަކާ އޭދަފުށީގެ ކުލަބު ޖަމްއިއްޔާތަކާ ދެމެދު ގުޅުން ބަދަހިކޮށް އެކުވެރިކަން އާލާކުރުމުގެ މަޤްސަދުގައި އޭދަފުށީ ކްލަބް ކޮމްބިނޭޝަނުން (ސީސީ) އިން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ މުބާރާތެކެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...