ސޮނެވާ އާއި ކިހާދު މޯލްޑިވްސް މެޗު އެއްވަރު

އޭދަފުށި ޓައިމްސްކުޅިވަރު
ރޯޔަލް އާއި ކިހާދު މޯލްޑިވްސް ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ /  ނިއަމިފޮޓޯ
މެޗުގެ ތެރެއިން– ފޮޓޯ / ނިއަމިފޮޓޯ

 

ސީސީ އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖްގައި މިއަދު ހަވީރު ސޮނެވާފުށީ ރިސޯޓާއި ކިހާދު މޯލްޑިވްސް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެއްޖެ އެވެ.

އޭދަފުށީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގެ ފަސް ވަނަ މިނިޓުގައި ކިހާދު މޯލްޑިވްސް އަށް ލީޑު ހޯދައިދިނީ ހުސައިން ޝާމިނު އެވެ. އެކަމަކު ވޭތުވެދިޔަ ދިޔަ ދެ އަހަރުގެ ޗެމްޕިއަން ސޮނެވާފުއްޓަށް އާދަމް ނިޒާމް 24 ވަނަ މިނިޓުގައި ޖެހި ލަނޑާއެކު މެޗުގެ ނަތީޖާ އެއްވަރުވި އެވެ. އަދި އޭގެ ފަސްވަރަކަށް މިނެޓްފަހުން އަލީ ހުސައިން ވަނީ ކިހާދޫ މޯލްޑިވްސް އަށް ލީޑު ހޯދައިދީފަ އެވެ.

މެޗުގެ 46 ވަނަ މިނިޓުގައި އަބްދުލް މަޖީދު (މަޖިއްޓޭ) ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރު ކުރިއެވެ.

ގމި މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ޑްސިޓް ތާނީ މޯލްޑިވްސް އާއި ރޯޔަލް އައިލެންޑް ރިސޯޓެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...