ޑްސިޓް އަތުން ރޯޔަލް މޮޅުވެއްޖެ

ޑްސިޓް އަދި ރޯޔަމް މިއަދު ކުޅުނު މެޗުގެ ތެރެއިން -- އީޓީ ފޮޓޯ / ތޯރިގް
ޑްސިޓް އަދި ރޯޔަމް މިއަދު ކުޅުނު މެޗުގެ ތެރެއިން — އީޓީ ފޮޓޯ / ތޯރިގް

 

އޭދަފުށީގައި މިހާރު ކުރިއަށްދާ ސީސީ އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޑްސިޓް ތާނީ މޯލްޑިވްސް (މުއްދޫ ރިސޯޓް) އަތުން 3-2 އިން ރޯޔަލް އައިލެންޑް ރިސޯޓް މޮޅުވެއްޖެ އެވެ.

މިއަދުގެ މެޗުގެ ފުރަތަމަ 12 މިނިޓުގެ ތެރޭގައި ރޯޔަލު އައިލެންޑް ރިސޯޓުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގައިފަ އެވެ. މެޗުގެ ފުރަތަމަ 11 ވަނަ މިނިޓްގައި ރޯޔަލް އަށް ލީޑު ހޯދައިދިނީ ލިބުނު ޕެނަލްޓީއަކުން އަހްމަދު ޝުހައިލު އެވެ. އަދި އޭގެ މިނިޓެއްހާއިރު ފަހުން  އިބްރާހިމް ރަޝީދު އަބޫބަކުރު ވަނީ ލަނޑެއް ޖަހައި ރޯޔަލްގެ ލީޑު ފުޅާކޮށްފަ އެވެ. މެޗުގެ 56 ވަނަ މިނިޓްގައި ރޯޔަލްގެ ތިން ވަނަ ލަނޑު ޖެހީ ތޯއިފް އަބްދުއްރަހްމާން އެވެ.

ޑުސިޓްގެ ފުރަތަމަ ލަނޑު މެޗުގެ 22 ވަނަ މިނިޓުގައިޖެހީ އިބްރާހިމް ޝާހީން އެވެ. އަދި މެޗު ނިމެނިކޮށް ޑްސިޓްގެ ދެވަނަ ލަނޑުޖެހީ  އަބްދުއްސަލާމު އެވެ.

މި މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ އަނަންތަރާ ކިހަވައް ވިލާސް އާއި ކިހާދު މޯލްޑިވްސް އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Abdul muhaimin

    އޭދަފުށީގެ ޒުވާނުން ދަނޑު ފެހިކުރުމަށްޓަކައި ވިނަ ހެއްދުމުގެ ވިސްނުން ނުގެންގުޅެނީބާ؟ ބޭނުންނަމަ ވިނަ ލިބޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.