ބެޑްމިންޓަން ޓީމަށާއި ފުޓްބޯޅަ ޓީމަށް ލިބުނު ކާމިޔާބީ ފާހަގަ ކޮށްފި

އޭދަފުށީ ބެޑްމިންޓަން ޓިމު އަދި ފުޓްބޯޅަ ޓީމު ހޯދި ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން-- ފޮޓޯ / ފޭލި
އޭދަފުށީ ބެޑްމިންޓަން ޓިމު އަދި ފުޓްބޯޅަ ޓީމު ހޯދި ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން– ފޮޓޯ / ފޭލި

މިދިޔަ އަހަރު ބޭއްވި އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގަ އައީ ބާ އެޓޯލް ފުޓްބޯޅަ ޗެލެންޖުގައި އޭދަފުށީ ޓީމަށް ލިބުނު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ފޭލި ޖަމިއްޔާއިން ހަފުލާއެއް ބާއްވައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެރޭ ގޯލްޑަން ބްރައުން ކެފޭގައި އޮތް ހަފުލާގައި ދެ ޓީމުންވެސް ހޯދި ކާމިޔާބީ ފާހަގަކޮށް، އެންމެ ފުރިހަމަ ކާމިޔާބީ ހޯދި ކުޅުންތެރިންނަށް ހަނދާނީ ޓްރޮފީއެއް ދިނުން ވެސް އޮތެވެ. މި ހަފުލާގައި ބެޑްމިންޓަން ޓީމާއި ފުޓްބޯޅަ ޓީމުގެ ބައެއް ކުޅުންތެރިންނާއި އޭދަފުށީ ބައެއް އޮފީސްތަކުގެ އިސްވެރިން ބައިވެރިވި އެވެ.

ގައުމީ ބެޑްމިންޓަން މުބާރާތުގައި އޭދަފުށީ ބީ. ޑީ. ސީ. ވަނީ ޖެހިޖެހިގެން ދެވަނަފަހަރަށް ޓީމް އިވެންޓް ޗެމްޕިއަން ދިފާއު ކޮށްފައެވެ. އަދި މި މުބާރާތުގެ އިންޑިވިޖުއަލް ޗެމްޕިއަންކަން އެޓީމުގެ ތޮލާލު ތޮލާލް ޢަބްދުއްރަޙްމާން ވަނީ ހޯދައިފަ އެވެ. ފުޓްބޯޅަ ޗެލެންޖުގެ ޗެމްޕިއަންކަން އޭދަފުށީ ހޯދީ ކެންދޫއާ ބައްދަލުކޮށް 7-0 އިންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އޭދފުށީ ޓީމުގެ އަލީ ފާސިރު (ސެންޓޭ) އެވެ.

ފޭލިންވަނީ މީގެ ކުރިންވެސް މި ފަދަ ކުޅިވަރު ހަރަކާތްތަކުން އޭދަފުށި ޓީމު ހޯދާފައިވާ ކާމިޔާބީ ފާހަގަކޮށްފަ އެވެ. ފޭލި ޖަމިއްޔާއިން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް މި ފަދަ ކުޅިވަރު ހަރަކާތްތަކުން އޭދަފުށީ ތަމްސީލުކުރާ ޓީމުތަކުން ހޯދާ ކާމިޔާބީ އެ ޖަމިއްޔާއިން އަގުވަޒަންކުރާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.