ކިހާދު މޯލްޑިވްސް އަތުން އަނަންތަރާ މޮޅުވެއްޖެ

އޭދަފުށި ޓައިމްސްކުޅިވަރު
އަނަންތަރާ އާއި ސޮނެވާފުށި  ބައްދަލުކުރި މެޗުގެ ތެރެއިން
އަނަންތަރާ އާއި ސޮނެވާފުށި ބައްދަލުކުރި މެޗުގެ ތެރެއިން

 

ސީސީ އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކިހާދު މޯލްޑިވްސް އަތުން 2-0 އިން އަންނަތަރާ ކިހަވައް ވިލާސް މޮޅުވެއްޖެ އެވެ.

އަނަންތަރާ އިން ލީޑު ނެގީ 14 ވަނަ މިނެޓުގައި އަބްދުﷲ ޒަހީން ޖަހައިދިން ލަނޑުންނެވެ. އެ ޓީމު ލީޑު ފުޅާކުރީ 39 ވަނަ މިނެޓުގައި އަހްމަދު ހުސައިން ޖެހި ލަނޑުންނެވެ.

މި މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ވޭތުވެ ދިޔަ ދެ އަހަރުގެވެސް ޗެމްޕިއަން ސޮނެވާ އާއި ޑްސިޓް ތާނީ މޯލްޑިވްސް އެވެ.

މުބާރާތް ރާވާފައިވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅެ، އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމް ސީދާ ފައިނަލަށް ދާގޮތަށްކަމަށެވެ. އޭގެ އިތުން ދެވަނ އާއި ތިންވަ ހޯދާ ޓީމްގެ މެދުގައި އިތުރު މެޗެއް ކުޅެ މޮޅުވާ ޓީމެއް އަނެއްކޮޅުން ފައިނަލަށްދާ ގޮތަށް ކަމަށެވެ.

މުބާރާތުގެ ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 25ގަ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...