ސޮނެވާއިން ދުސިތް ލަދުގަންނަވާލައިފި

އިބްރާހިމް ޒަހާން ޒާހިރުކުޅިވަރު
ރޯޔަލް އާއި ކިހާދު މޯލްޑިވްސް ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ /  ނިއަމިފޮޓޯ
ރޯޔަލް އާއި ކިހާދު މޯލްޑިވްސް ބައްދަލުކުރި މެޗުގެ ތެރެއިން– ފޮޓޯ / ނިއަމިފޮޓޯ

ސީސީ އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި މިއަދު ހަވީރު ކުޅުނު މެޗު ތަފާތު ބޮޑު ކޮށް 12 – 1 އިން ސޮނެވާއިން ދުސިތް ތާނީ މޯލްޑިވްސްގެ މައްޗަށް ކުރި ހޯދައިފިއެވެ.

ސޮނެވާއަށް އެ ޓީމުގެ އާދަމް ނިޒާމް (ކިތުނާ) ވަނީ 3 ލަނޑު ޖަހާ، ހެޓްރިކް ހަދާފައެވެ. މުހަންމަދު ރަޝީދު، މުހަންމަދު ބައްސާމް އަދި އަޒްމީލް އަބްދުއްސައްތާރު، މިއިން ކޮންމެ ކުޅުންތެރިއެއް 2 ލަނޑު ޖަހައިފައިވާއިރު، އަބްދުﷲ މަޖީދު (މަޖިއްޓޭ)، ނާޒިމް އަބްދުލްބާރީ އަދި އަބްދުﷲ މާޖިދު މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ 1 ލަނޑު ކާމިޔާބު ކޮށްދީފައެވެ. ދުސިތްގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ އިބްރާހިމް ޝަހީންއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ސޮނެވާއަށް ހެޓްރިކް ހަދައިދިން އާދަމް ނިޒާމް (ކިތުނާ)އެވެ.

މި މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ އަނަންތަރަ ކިހަވަށްވިލާ އާއި ރޯޔަލް އައިލެންޑް ރިސޯޓެވެ.

މުބާރާތް ރާވާފައިވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅެ، އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމް ސީދާ ފައިނަލަށް ދާގޮތަށްކަމަށެވެ. އޭގެ އިތުން ދެވަނ އާއި ތިންވަ ހޯދާ ޓީމްގެ މެދުގައި އިތުރު މެޗެއް ކުޅެ މޮޅުވާ ޓީމެއް އަނެއްކޮޅުން ފައިނަލަށްދާ ގޮތަށް ކަމަށެވެ.

މުބާރާތުގެ ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 25ގަ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...