އޭލެވެލް އަށް ޝަރުތު ހަމަނުވާ ކުދިންނަށް ދެ ވަނަ ފުރުސަތެއް

ބ.
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް ސްކޫލުން ނުކުންނަނީ– ފައިލް ފޮޓޯ

 

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިއަހަރު އޭލެވެލް ކްލާސްތަކަށް ޝަރުތު ހަމަނުވާ ކުދިންނަށް ދެވަނަ ފުރުސަތެއް އެ ސްކޫލުން ހުޅުވާލައިފި އެވެ.

އެ ސްކޫލުން ބުނީ ވީހާ ވެސް ގިނަ ކުދިންނަށް ފުރުސަތު ދިނުމަށްޓަކައި ދެވަނަ ފުރުސަތެއްގެ ގޮތުން އޭލެވެލްގައި ބައިވެރިވުމުގެ ޝަރުތަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެ ސްކޫލުގައި އޭލެވެލް ކްލާސްތަކުގައި ބައިވެރިވެވޭނީ އޯލެވެލްގެ ހަތަރު މާއްދާއަކުން ފާސްވެގެންނެވެ. ނަމަވެސް ސްޓްރީމް ދެ މާއްދާއާއެކު ދިވެހި ނުވަތަ އިސްލާމުން ފާސްވެފައިވާ ދަރިވަރުންނަށް ވެސް  އެ ސްކޫލުންމިހާރުވަނީ ފުރުސަތު ހުޅުވާލާފަ އެވެ. ނަމަވެސް ދެވަނަ ފުރުސަތުގެ ދަށުން އެޕްލިކޭޝަން ހުށަހަޅާ ކުދިންނަށް ޖާގަ ދިނުމަށް ނިންމާފައިވަނީ އޭލެވެލް ކްލާސްތަކުގައި 25 ކުދިން ހަމަ ނުވާނަމަ އެވެ.

ތައުލީމީ މަރުކަޒުން ބުނިގޮތުގައި ދެވަނަ ފުރުސަތުގެ ދަށުން ވަންނަންއެދޭ ކުދިން އަންނަ ބުރާސްފަތު ދުވަހުގެ ކުރިން އެ ސްކޫލަށް އެޕްލިކޭޝަން ފޯމް ހުށަހަޅަން ޖެހެއެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި އޭލެވެލް ކްލާސްތަކުގެ ކިޔެވުން މިއަހަރު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.