ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ކެޑޭޓާއި ބޭންޑު ކުދިންނަށް ހަރަކާތްތަކެއް ބާއްވައިފި

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ކެޑޭޓާއި ބޭންޑު ކުދިންނަށް އިއްޔެ ބޭއްވި ހަރަކާތްތަކުގެ ތެރެއިން

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ކެޑޭޓާއި ބޭންޑު ކުދިންނަށް ދެ ދުވަހުގެ ކެޑޭޓް ހަރަކާތްތަކެއް ބާއްވައިފި އެވެ.
ހުކުރު ދުވަހުގެ މެންދުރުފަހު ފެށި މިހަ ރަކާތުގައި އެމަ ރުކަޒުގެ 38 ކެޑޭޓުން އަދި ބޭންޑުން ބައިވެރިވެފައިވެއެވެ.
އެމަރުކަޒުން މައުލޫމަތު ދިންގޮތުގައި މި ހަރަކާތުގެ މަގުސަދަކީ ކުދިން އަމިއްލައަށް އިސްނަގައިގެން ކަންތައްތައް ކުރާ ކުދިބަޔަކަށް ދަރިވަރުން ހެދުމާއި އެހެން ކުދިންނާ ގުޅިގެން ކަންކަން ކުރާބަޔަކަށް ހެދުމުގެ އިތުރުން ދިމާވާ ނުރައްކާތަކުން އަމިއްލައަށް ސަލާމަތްވުމުގެ މުހިއްމުކަން އަންގައިދިނުން ކަމަށް ބ.އަތޮޅު ތައުލީމީ މަރުކަޒުން ބުންޏެވެ.
މި ހަރަކަތުގައި ކުދިންނަށް ފިޒިކަލް ޓްރެއިނިން ކުލާހަކާއި ޑްރިލް ކުލާކާއި ރެސްކިއު ކުލާހެއްގެ އިތުރުން ފުރަތަމަ އެހީގެ ކުލާހެއް ނަގައިދީފައި ވެ އެވެ. މިހަރަކާތުގައި ދަރިވަރުންނަށް ކިޔަވައިދިނީ ނެޝެނަލް ކެޑޭޓް ކޯގެ ވޮރަނަންގެ އޮފިޝަރުންނާއި މިރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރައްވާ މުދައްރިބުން ކަމުގައި އެމަރުކަޒުން މައުލޫމާތު ދިނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.