ގުރުއާން ކިޔެވުމުގެ އަތޮޅު މުބާރާތް މިއަހަރު ތުޅާދޫގައި

ގުރުއާން މުބާރާތެއްގައި ދަރިވަރަކު ކިޔަވަނީ
ގުރުއާން މުބާރާތެއްގައި ދަރިވަރަކު ކިޔަވަނީ

 

ގުރުއާން ކިޔެވުމުގެ އަތޮޅު މުބާރާތް މިއަހަރު ބާއްވާ ރަށަކަށް ބ. ތުޅާދޫޫ ހަމަޖައްސައިފި އެވެ.

ބ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ އަތޮޅު މުބާރާތަށް ކުދިން ހޮވާފައިވަނީ ރަށްރަށުގެ ކައުންސިލުތަކުން ސްކޫލުތަކަށާއި އަމިއްލަ ގުރުއާން ކުލާސްތަކަށް ހުޅުވާލައިގެން ބޭއްވި ގުރުއާން މުބާރާތްތަކުންނެވެ. އެގޮތުން ރަށްރަށުގެ ސްކޫލުތަކުން ބޭއްވި މުބާރާތްތަކުން އެންމެ ރަގަޅު ނަތީޖާ ހޯދިކުދިން އަތޮޅު މުބާރާތުގައި މިހާރު ބައިވެރިކޮށްފައިވާކަމަށް ބ. އަތޮޅު ކައުންސިލުން މައުލޫމާތުދެ އެވެ. އަތޮޅު މުބާރާތުގައި ބައިވެރިވެފައިވާ ރަށްރަށަކީ، އޭދަފުށި، ހިތާދޫ، ތުޅާދޫ، ކެންދޫ، ދަރަވަންދޫ، ކަމަދޫ އަދި ކަމަދޫ އެވެ. މީގެ އިތުރުން ކެންދޫ ޠަލަބަތުއް ނޫރު ޤުރުއާން ކްލާހާއި އޭދަފުށީ ތުތިޔަ ޤުރުއާން ކުލާހުންވެސް މި މުބާރާތަށް ކުދިން ހޮވިފައިވެ އެވެ.

މިއަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 24 ން 25 ގެ ނިޔަލަށެވެ.

މިދިޔަ އަހަރު ބޭއްވި ގުރުއާން ކިޔެވުމުގެ އަތޮޅު މުބާރާތް ބާއްވާފައިވަނީ ހިތާދޫގަ އެވެ. އަތޮޅު ގުރުއާން މުބާރާތް ބާއްވަނީ ގައުމީ ގުރުއާން މުބާރާތަށް ފޮނުވާނެ ކުދިން ތައްޔާރު ކުރުމުގެ ގޮތުންނެވެ. އެގޮތުން މި މުބާރާތުން އެންމެ ރަނގަޅު ނަތީޖާ ހޯދާ 15 ދަރިވަރަކަށް ގައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.