ސީސީ އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ފައިނަލަން ރޯޔަލް އައިލެންޑް ރިސޯޓާއި ސޮނެވާފުށި ރިސޯޓް ދަތުރުކޮށްފި އެވެ.
ސޮނެވާ ފައިނަލަށް ދަތުރުކުރީ އިއްޔެ ހަވީރު ކުޅުނު މުބާރާތުގެ ޕްލޭ އޮފްގައި އަނަންތަރާ ކިހަވައް ވިލާސް އަތުން 3- 2 އިން މޮޅުވެގެންނެވެ. މި މެޗުގައި ސޮނެވާއަށް ލަނޑު ޖަހައިދިނީ އަޒްނީމް އަބްދުއްސައްތާރު އާއި އާދަމް ނިޒާމު އެވެ. އަނަންތަރާ އަށް ލަނޑު ޖަހައިދިނީ އިސްމާއިލް ޝާކިރު އަދި އަހްމަދު ހުސައިން އެވެ. މޭން އޮފް ދަ މެޗަކަށް ހޮވުނީ އަޒްނީމް އަބްދުއްސައްތާރު އެވެ.
ރޯޔަލް ފައިނަލަށް ދިޔައީ ގްރޫޕް ސްޓޭޖްގެ އެންމެފަހު މެޗުގައި ސޮނެވާ ޓީމު އަތުން 5- 4 އިން މޮޅުވެގެންނެވެ.
ރޯޔަލް އާއި ސޮނެވާފުށި ވާދަކުރާ ފައިނަލް މެޗު އޮންނާނީ މާދަމާ ހަވީރު އެވެ.