ގައުމީ ގުރުއާން މުބާރާތަށް ބ. އަތޮޅުން ކުދިން ހޮވައިފި

މިދިޔަ އަހަރު ބޭއްވި ގައުމީ ގުރުއާން މުބާރާތުގައި ދަރިވަރަކު ކިޔަވަނީ. ފޮޓޯ/ އިބްރާހިމް މުހައްމަދު
ގައުމީ ގުރުއާން މުބާރާތުގައި ދަރިވަރަކު ކިޔަވަނީ. ފައިލް ފޮޓޯ

މިއަހަރުގެ ގައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ބ. އަތޮޅު ތަމްސީލު ކުރާނެ ދަރިވަރުން ހޮވައިފި އެވެ.

މި ހަފްތާ ބަންދުގައި އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ތުޅާދޫ ގައި ބޭއްވި މި މުބާރާތުން 13 ދަރިވަރަކު ވަނީ ގައުމީ މުބާރަތަށް ހޮވައިފަ އެވެ. އެއީ ސްކޫލުތަކުން 12 ދަރިވަރުންނާއި އަމިއްލަ ގުރުއާން ކުލާސްތަކުން އެއް ދަރިވަރެވެ.

ބ. އަތޮޅުގެ ހަ ސްކޫލަކުންނާއި ބައެއް އަމިއްލަ ގުރުއާން ކްލާސްތަކުން 49 ކުދިން ވާދަކުރި މި މުބާރާތުން ގައުމީ މުބާރަތަށް ހޮވިފައިވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ހައްވާ ފަރާހަތު އާއި، ހަފްނާ ޝަކީބް އާއި، އަޝްހާ އަލީ ވަހީދުއާއި، ފާތުމަތު ޔުމްނާ އާތިފް އާއި މުހައްމަދު ނާއިސް އަދި ހިޝްމާ ޚާލިދު އިތުރުން ތުޅާދޫ ސްކޫލުންެ އައުފާ ރަޝީދު އާއި، އިޝާ ރަޝީދު އާއި، އަހްމަދު ނަޒީޒު އާއި ފާތުމަތު ޒާހިރާ އެވެ. އަދި ހިތާދޫ ސްކޫލުން އައިޝަތު ނަޖްލާ އާއި އަނާ އަބްދުﷲ ގެ އިތުރުން އޭދަފުށީ ތުތިޔަ ސްޕެޝަލް ގުރުއާން ކުލާހުން އައިޝަތު ދިފްލާ ވެސް ގައުމީ މުބާރާތަށް ވަނީ ހޮވިފަ އެވެ.

 ގައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ ފަހުކޮޅު މާލޭގަ އެވެ. އަދި މި މުބާރާތުގައި ބައިވެރިވާ އަތޮޅުތަކުގެ ކުދިންގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހު ކުރީކޮޅު ފުރަތަމަ ޓާމުގެ ބަންދުތެރޭ ގަ އެވެ

 

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.