ރީތި ބީޗް ރިސޯޓް ވިއްކާލަން ބޭންކުން އިއުލާންކޮށްފި

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން
ރީތި ބީޗް ރިސޯޓް. އެ ރިސޯޓް ވިއްކާލަން ބޭންކުންވަނީ އިއުލާންކޮށްފައި
ރީތި ބީޗް ރިސޯޓް. އެ ރިސޯޓް ވިއްކާލަން ބޭންކުންވަނީ އިއުލާންކޮށްފައި

 

ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްއިން ނަގާފައިވާ ލޯނަކަށް ފައިސާ ނުދައްކައިގެން ބ. ފޮނިމަގޫދޫ ގައި ހިންގަމުން އަންނަ، ރީތި ބީޗް ވިއްކާލަން އެ ބޭންކުން އިއުލާން ކޮށްފި އެވެ.

ހަތަރު ތަރީގެ އެ ރިސޯޓް ވިއްކާލަން ބީއެމްއެލް އިން އިއުލާން ކުރީ ކެންދޫ ދާއިރާގެ މެންބަރު ތަސްމީން އަލީގެ މަސްލަހަތު އޮންނަ، ފުނައްޑޫ އިން ބޭންކް އޮފް މޯލްޑިވްސް އިން ނެގި ލޯނަކަށް ފައިސާ ނުދެއްކުމާ ގުޅިގެންނެވެ. ރީތި ބީޗް ރިސޯޓްގެ އިތުރުން ރިސޯޓަކަށް ހަދަން ފަށާފައިވާ މަހައްދޫވެސް ވިއްކާލަން ބޭންކުން ކޮށްފައިވާ އިއުލާނުގައިވެ އެވެ.

ބީއެމްއެލް އިން އިއްޔެ ކުރި އިއުލާނުގައި ބުނީ 114 ކޮޓަރީގެ ރީތި ބީޗް ރިސޯޓް ގަންނަން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 29ގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމަށެވެ. އަދި މަހައްދޫ އަށް ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ މި މަހުގެ 15 ގެ ކުރިންނެވެ.  / ހަވީރު

ކޮމެންޓްސް (0)

ލޯޑް ކުރަނީ...