ކަނޑުމަތީ ސަލާމަތާއި ތިމާވެއްޓަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

ސޮނެވާފުށި ރިސޯޓްގައި ހިންގި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްގެ ބައިވެރިން -- ފޮޓޯ / ޕޮލިސް
ސޮނެވާފުށި ރިސޯޓްގައި ހިންގި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްގެ ބައިވެރިން — ފޮޓޯ / ޕޮލިސް

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ތިމާވެށްޓަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ޕްރޮގްރާމެއް ސޮނޭވާ ފުށި ރިސޯޓްގައި ހިންގައިފި އެވެ.

މެއި މަހުގެ 9 ވަނަ ދުވަހުން ފެށިގެ ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ސޮނާވާ ފުށި ރިސޯޓާއި ބ. އޭދަފުށީ ޕޮލިސް ސްޓޭޝަނާއި ބ. އޭދަފުށްޓާއި ދަރަވަންދޫ އާއި މާޅޮސްގެ އިތުރުން ދޮންފަނު ސްކޫލް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި ކަނޑުމަތީގެ ސަލާމަތީ ކަންކަމާއި ހިނގާފާނެ ހާދިސާއަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކާއި އެޅިދާނެ ފިޔަވަޅުތަކާއި ބެހޭގޮތުން ތިމާވެށި ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ވޭސްޓް މެނޭޖްމަންޓާއި ބެހޭގޮތުން ވަނީ މަޢުލޫމާތު ދީފަ އެވެ.

މި ޕްރޮގްރާމްގައި މަޢުލޫމާތު ދީފައިވަނީ ބ. އޭދަފުށި ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނާއި ސޮނެފުށީގައި މަސައްކަތްކުރާ ފަރާތްތަކުންނެވެ. މި ޕްރޮގްރާމްގައި 16 ބައިވެރިއަކު ބައިވެރިވެފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.