ބ އެޓޯލް ފުޓްބޯލް ޗެލެންޖަށް ފުރުސަތު ހުޅުވާލައިފި

ކާބޯ ވެޓަރަންސް ކަޕް އީގަލްސް ބަލިކޮށް ސިފައިން ފައިނަލަށް މުހައްމަދު ހަމްދޫން 04 އޯގަސްޓް 2013 13:09 1 ކޮމެންޓު     ބ. އެޓޮލް ފުޓްބޯލް ޗެލެންޖުގައި  ހަވީރު ގޮއިދޫ އާއި ކެންދޫ ކުޅެނީ.
މިދިޔަ އަހަރު ބޭއްވި ބ. އެޓޮލް ފުޓްބޯލް ޗެލެންޖުގެ ތެރެއިން– ފައިލް ފޮޓޯ.

ބ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ އެންމެބޮޑު ފުޓްބޯޅަ މުބާރާތް “ބ. އެޓޯލް ފުޓްބޯލް ޗެލެންޖް 2014” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި މުބާރާތް އިންތިޒާމްކުރުމުގައި ހަރަކާތްތެރިވާ ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުހައްމަދު ޖަމީލް (ޖަމްބޭ) ބުނީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އޮންނަނީ އޯގަސްޓް 31 ވަނަ ދުވަހާ ހަމައަށެވެ.

ބ. އަތޮޅުގައި ކުޅުންތެރިން އުފައްދައި، ފަސްޓް ޑިވިޝަނުން ބ. އަތޮޅުގެ ކުޅުންތެރިންނަށް ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި ބާއްވާ މި މުބާރާތް މިއަހަރުވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ބޮޑު ޗުއްޓީއާ ދިމާކޮށް އޭދަފުށީ ފުޓްބޯޅަ ދަނޑުގައެވެ.

ޖަމްބޭ ބުނީ މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ބ. އަތޮޅުގެ ރަށްރަށުން 7772861، 7945852  ނަމްބަރު ފޯނާ ގުޅުމުން އިތުރު މައުލޫމާތު ލިބޭނެ ކަމަށެވެ.

2012 ވަނަ އަހަރު ފެށި ބ. އެޓޯލް ފުޓްބޯލް ޗެލެންޖުން ހުނަރުވެރި ޒުވާން ގިނަ ކުޅުންތެރިން އަންނަނީ ފާހަގަކުރެވެމުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.