ކަރުންމަތީގެ ޚާއްސަ ޑޮކްޓްރެއް ދަރަވަންދޫއަށް

އާމިރު އަބްދުލް ލަތީފްއަތޮޅުތެރެއިން
ބ. ދަރަވަންދޫ މަންޖިމާ ޑައިގްނޯސްޓިކް ހެލްތު ސެންޓަރ ފޮޓޯ- މަންޖިމާ ކްލިނިކް
ބ. ދަރަވަންދޫ މަންޖިމާ ޑައިގްނޯސްޓިކް ހެލްތު ސެންޓަރ ފޮޓޯ- މަންޖިމާ ކްލިނިކް

ކަރުންމަތީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ދަރަވަންދޫ މަންޖިމާ ޑައިގްނޯސްޓިކް ހެލްތު ސެންޓަރުގައި ބަލިމީހުން ބަލަން ހަމަޖެހިފައިވާ ކަމަށް އެ ސެންޓަރުން ބުނެފި އެވެ.

މަންޖިމާ ހެލްތު ސެންޓަރުން ބުނީ އިންޑިއާގެ ޕީއާރުއެސް ހޮސްޕިޓަލުގެ ޑރ. ސަހީރު އަބްދުﷲ މިމަހު 24 ގައި އެ ކުލިނިކުގައި ބަލިމީހުން ބައްލަވާނެ ކަމަށެވެ.

“މިއީ ބޮޑު ޚަރަދު ނުކޮށް ގާތުން ރައްޔިތުންނަށް ލުއިފަސާކަމާއި އެކު އިންޑީއާގެ މަސްޙޫރު ޑޮކްޓަރުންނަށް ދައްކައި ފަރުވާ ލިބިގަަތުމުގެ ފުރުސަތު ހޯއްދަވައި ދެއްވުމުގެ ގޮތުން މި ކުލިނިކުން ފައްޓަވާފައިވާ މަސައްކަތެއް. ކުރިމަގުގައިވެސް މިފަދަ ތަފާތު ބަލިތަކުގެ ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތް މިކުލިނިކުން ލިބިގެންދާނެ،” އޮފިޝަލު ވިދާޅުވި އެވެ

މަންޖިމާ ޑައިގްނޯސްޓިކް ހެލްތު ސެންޓަރުން ލިބޭ ފަރުވާތަކުގެ ތެރޭގައި ދަތުގެ ފަރުވަ، ނާސަލް އެންޑޯސް ކޮޕީ، ސައިނަސް، ބޮލުގައި ރިހުން، ނޭފަތުން ނުބައިވަސް ދުވުން، ކަރުތެރޭގައި ނުބައިރަހަލުން، ބޯ އެނބުރުން، ކަރުގައި ރިހުން، ކަންފަތައް އަޑުއިވުމުގެ މައްސަލަތައް އަދިވެސް ކަންފަތުން އެއްޗިހި އައުން ގަދައަށް ގުގުރި ދެމުން ފަދަ ބަލިތައް ހިމެނެ އެވެ.

އެޕޮއިންޓުމެންޓު ހެއްދެވުމަށް 7856070 އަދި 7694595 ނަންބަރާއި ގުޅުއްވުން އެދޭކަމަށް އެ ކްލިނިކުން ބުނެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...