ބ. އަތޮޅަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

ބ. އަތޮޅަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނިގޮތުގައި މިއަތޮޅަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 19 އަހަރުގެ މީހަކާއި 21 އަހަރުގެ މީހެކެވެ. އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ބ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން މިއަދު ހެނދުނު ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުންޏެވެ. އަދި މި އޮޕަރޭޗަންގައި ކަނޑުމަތުން މިއަތޮޅަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 50 ސެލޯފިންކޮޅު އަތުލައިގެނފައިވާ ކަމަށްވެސް ފުލުުހުން ބުންޏެވެ.
ފުލުހުން ހިންގި މި އޮޕަރޭޝަނަށް އެއަރޕޯޓް ޕޮލިސް އާއި ބައެއް އާންމު ރައްޔިތުންގެ އެއްބާރުލުން ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...