ހިތާދޫ އަށް ޖަނަރޭޓަރެއް ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހިތާދުއަށް އިންޖީނު ގަތުމުގެ އެއްބަސް ވުމުުގައި ސޮއިކުރުމުގެ ރަސްމިއްޔާތު
ހިތާދުއަށް އިންޖީނު ގަތުމުގެ އެއްބަސް ވުމުުގައި ސޮއިކުރުމުގެ ރަސްމިއްޔާތު

ބ. ހިތާދޫ އިންޖީނުގޭގެ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން 150 ކިލޯވޮޓުގެ އާ ޖަނަރޭޓަރެއް ގަތުމުގެ އެއްބަސް ވުމެއްގައި އަތޮޅު ކައުންސިލާއި ޔުނީ އިންޖިނޭރިންގ އާއިއެކުު ސޮއިކޮށްފި އެވެ.

ބ. އަތޮޅު ކައުންސިލް އިދާރާގައި އޮތް ބައްދަލުވުމެއްގައި ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އަތޮޅު ނައިބްރައީސް މަބްރޫކު ނަސީރެވެ.

ބ. އަތޮޅު ކައުންސިލުން ބުނީ މި އެއްބަސް ވުމުގެ ދަށުން 25 ދުވަހުގެ ތެރޭގައި ކަނޑައެޅިފައިވާ ބްރޭންޑާޢި ސްޕެސިފިކޭޝަންގެ އިންޖީނެއް ގެނަސް ޔޫނީ އިންޖިނޭރިންގ އިން ބ. ހިތާދުއާއި ހިސާބަށް ގެނެސް ދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް ޖަނަރޭޓަރު އިންސްޓޯލު ކުރުމުގެ މަސައްކަތް ކުރާނީ ފެނަކަ ކޯޕަރޭޝަން އިން ކަމަށްވެސް އެ އިދާރާއިން ބުނެޏެވެ.

އެނގިފައިވާ ގޮތުގައި ބ. އަތޮޅު ކައުންސިލުން މިގެންނަ އިންޖީނަކީ 2008 ވަނަ އަހަރު ބ. ހިތާދޫ އިންޖީނުގެ ތަރައްޤީ ކުރުމަށް އެހީތެރިވުމުގެ ގޮތުން އޭރުގެ ސަރުކާރުން ދެއްވި ބައި މިލިއަން ރުފިޔާއަށް ގެންނަ އިންޖީނެކެވެ. މި ފައިސާ ވަނީ އޭރުގެ އަތޮޅު އޮފީހުގެ އެކައުންޓަށް ޖަމާ ކުރުމުން ހިތާދޫ ރައްޔިތުންނާ ހަވާނުކޮށެވެ. މިފައިސާ ޖަމާކޮށްފައިވާކަން އެނގުނީ ކައުންސިލުތައް އުފެދުނު ފަހުން 2013 ވަނަ އަހަރު ހިތާދޫ ކައުންސިލަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ބެލިބެލުމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.