ގައުމީ މުބާރާތަށް ހޮވުނު ކުދިންނަށް ފައިސާގެ އިނާމެއް ދެނީ

އާމިރު އަބްދުލް ލަތީފްއަތޮޅުތެރެއިން
ހިތާދޫ ސްކޫލުގެ 2010 ވަނަ އަހަރުގެ ނަތިޖާ ފާޅު ކުރުމުގެ ޖަލްސާގެ ތެރެއިން ފައިލްފޮޓޯ- ހިތާދޫ އޮންލައިން
ހިތާދޫ ސްކޫލުގެ 2010 ވަނަ އަހަރުގެ ނަތިޖާ ފާޅު ކުރުމުގެ ޖަލްސާގެ ތެރެއިން ފައިލްފޮޓޯ- ހިތާދޫ އޮންލައިން

 

ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަށް ހިތާދޫ ސްކޫލުން ހޮވުނު ދަރިވަރުންނަށް ހިތާދޫ ކައުންސިލުން ފައިސާގެ އިނާމެއް ދޭން ނިންމައިފި އެވެ.

މިއަހަރުގެ ފުރަތަމަ ޓާމްގެ ރިޕޯޓު ފޮތްދިނުމަށް ހިތާދޫ ސްކޫލުގައި ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގެ ހެނދުނު ސެޝަން ޝަރަފްވެރި ކޮށްދެއްވައި ދަރިވަރުންނާ މުޚާތަބު ކުރައްވާ ވާހަަކަ ކައުންސިލުގެ ނައިބްރައީސް ރާޝިދު މުހައްމަދު ވިދާޅުވީ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި އަތޮޅު ތަމްސީލު ކުރުމަށް ހިތާދޫ ސްކޫލުން ހޮވުނު ދަރިވަރުންނަށް ކައުންސިލުގެ ފަރާތުން ފައިސާގެ އިނާމެއް ދެއްވާނެ ކަމަށެވެ.

މާލޭގައި މިހާރު ކުރިއަށްދާ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަށް ހިތާދޫ ސްކޫލުން ހޮވިފައިވަނީ އައިޝަތު ނަޖްލާ އާއި އަނާ އަބްދުﷲ އެވެ.

ހިތާދޫ ކައުންސިލުން ވޭތުވެދިޔަ ތިންމަސް ދުވަހުގެ ތެރޭގައި ތަފާތު އެކި ގޮތްގޮތުން ހިތާދޫ ސްކޫލުގެ ކުރިއެރުމަށް ތަފާތު އެކި އެހީތައްވަނީ ވެދީފަ އެވެ. އެގޮތުން އެ ސްކޫލަށް 6 ކޮމްޕިއުޓަ ސިސްޓަމާއި 120 ގޮނޑި ހޯދައިދީފައި ވާނެކަމަށް އެ ރަށު ކައުންސިލުން ބުނެއެވެ. މީގެ އިތުރުން ދިވެހި މުދައްރިސް ހިތާދޫގައި ހުރުމަަށް ކުރަންޖެހޭ ޚަރަދުވެސް ކުރަމުންގެންދަނީ ހިތާދޫ ކައުންސިލުންނެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...