އޭދަފުށީގައި މިނެރަލް ވޯޓާގެ ޑިމާންޑް މައްޗަށް

ރިޕޯޓް
ފިހާރައެއްގެ ބޭރުގައި ޖަހާފައި ހުރި ފެން ކޭސްތަކެއް: ވާރޭ ނުވެހި ގިނަ ދުވަސްތަކެއްވެ ފެނުގެ ދަތިކަން ވަނީ ކުރިމަތިވެފައި --
މާލޭގެފިހާރައެއްގެ ބޭރުގައި ޖަހާފައި ހުރި ފެން ކޭސްތަކެއް: ވާރޭ ނުވެހި ގިނަ ދުވަސްތަކެއްވެ ފެނުގެ ދަތިކަން ވަނީ ކުރިމަތިވެފައި– / ހަވީރު ފޮޓޯ —

 

ވާރޭ ނުވެހި ގިނަ ދުވަސްތަކެއްވެ ފެނުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވުމާ ގުޅިގެން، މިނެރަލް ވޯޓާގެ ޑިމާންޑް ބޮޑުވެ އޭދަފުށީގެ ފިހާރަތަކުން ފެން ލިބުން ދަތިވެއްޖެ އެވެ.

އޭދަފުށީގެ ބައެއް ފިހާރަތަކުން ބުނީ އާންމުކޮށް މީގެ ކުރިން މިނެރަލް ވޯޓާ ވިކޭ މިންވަރާ އަޅާ ބަލާއިރު ފާއިތުވި ދެތިން މަހެއްހާ ދުވަހުގެ ތެރޭގައި މިނެރަލް ވޯޓާ ވިކޭލެއް ނިސްބަތުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

އޭދަފުއްޓަށް މިނަރަލް ވޯޓާ ސަޕްލައިކޮށް ވިއްކަމުން ގެންދާ ޔޫ ސްޕޯޓްސް ފިހާރަ އިން ބުނީ އެ ފިހާރަ އިން މިފަހަކަށް އައިސް ކޮންމެ ދުވަހަކު ވެސް ގިނަ އަދަދަކަށް މިނެރަލް ވޯޓާ ފެން ވިކޭ ކަމަށެވެ. އާންމުކޮށް މިނެރަލް ވޯޓާ ގަނެ އުޅެނީ ބައެއް ވިޔަފާރިވެރިން ނަަމަވެސް މި ފަހަކަށް އައިސް ގިނަ އަދަދެއްގެ އާއްމުންވެސް ފެން ގަންނަމުންދާ އެތަނުން ބުންޏެވެ.

“ނަމަވެސް މިދުވަސްކޮޅު އާންމުން ފެން ގަންނަލެއް ވަރަށް ބޮޑަށް އިތުރުވެފައި މި ވަނީ. ފެން ގެންނަ އިރަށް ދޯނި ކައިރިން ގިނަ ފަހަރަށް ހުސްވޭ،” ޔޫސްޕޯޓްސް އިން ވާހަކަ ދެއްކި މޫސާ ޖަމީލު ބުންޏެވެ.

މިރަށުގެ ބައެއް ފިހާރަތަކުން ވެސް ބުނީ މިނެރަލް ވޯޓާގެ ވިޔަފާރި މި ދުވަސްކޮޅު ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށެވެ. އެގޮތުން1.5 ލީޓަރު އަދި500 އެމްއެލްގެ ފެން ފުޅި އަބަދު ވެސް އޮންނަނީ މަދުވެފައި ކަމަށް ފިހާރަތަކުން ބުންޏެވެ.

ވާރޭ ފެނުގެ ދަތިކަން ކުރިމަތިވެގެން ބައެއް މީހުން މިނެރަލް ވޯޓާ ގަނެގެން ބުއި ނަމަވެސް އާންމުކޮށް ފެން ގަނެގެން ބުއިމުން އެތައް ގުނައަކަށް ހަރަދު ބޮޑުވާތީ ބައެއް މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އޭދަފުއްޓަށް ބޯ ފެނުގެ ދަތިކަން ކުރިމަތިވުމާ ގުޅިގެން މިރަށުގައި ހުރި ފެން ޕްލާންޓް މަރާމާތުކޮށް މިހާރު އަންނަނީ އާއްމުންނަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...