ބާ އެޓޯލް ފުޓްބޯލް ޗެލެންޖުގެ މެއިން ސްޕޮންސާ އަކަށް އެސްޓީއޯ

އޭދަފުށީ ޔޫ ސްޕޯޓްސް އާއި ފޭލި ޖަމިއްޔާ ގުޅިގެން ބ. އަތޮޅަށް ހުޅުވާލައިގެން މިއަތޮޅުގައިވާ ބާއްވާ އެންމެ ބޮޑު ފުޓްބޯޅަަ މުބާރާތް އެސްޓީއޯ އިން ސްޕޮންސާކޮށްފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯ އިން މުބާރާތް ސްޕޮންސާކޮށްފައި ވަނީ އެ ކުންފުނީގެ އަމިއްލަ ބްރޭންޑެއްގެ ގޮތުގައި މި އަހަރު ތައާރަފްކުރި “ނޫފަހި” ބްރޭންޑް އެވެ. އެސްޓީއޯއިން އަންނަނީ “ނޫފަހި” ބްރޭންޑްގެ ދަށުން ރާއްޖޭގެ ކުޅިވަރަށް ބޮޑެތި ސްޕޮންސާތަކެއް ދެމުންނެވެ.
މި މުބާރާތުގެ ގުރުލުން އޮންނާނީ އަންނަ ހޯމަ ދުވަހުގެ ރޭ 8:30 ގައި ސަލްސާ ރޯޔަލްގަ އެވެ.
މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ އެންމެ ފަހުގެ ޗެމްޕިއަން އޭދަފުއްޓާއި، ގޮއިދޫ އާއި ކިހާދޫ، ކުޑަރިކިލު، ކެންދޫ، ދަރަވަންދޫ އަދި ދޮންފަނުގެ އިތުރުން ފެހެންދޫ އެވެ.
ބ. އަތޮޅުގައި ކުޅުންތެރިން އުފައްދައި، ފަސްޓް ޑިވިޝަނުން ބ. އަތޮޅުގެ ކުޅުންތެރިންނަށް ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި ބާއްވާ މި މުބާރާތް މިއަހަރުވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ބޮޑު ޗުއްޓީއާ ދިމާކޮށް ނޮވެމްބަރު 29 އިން ޑިސެމްބަރު 9 އަށް އޭދަފުށީގަ އެވެ. މުބާރާތް ބާއްވާ ތާރީހު ބަދަލުކުރަން އަދި ވިސްނާފައިނުވާކަމަށްވެސް އިންތިޒާމުކުރާ ފަރާތުން ބުންޏެވެ.
2012 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ބ. އެޓޯލް ފުޓްބޯލް ޗެލެންޖުން ހުނަރުވެރި ޒުވާން ގިނަ ކުޅުންތެރިން އަންނަނީ ފާހަގަ ކުރެވެމުންނެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...