ކުރިމަގުގައި ފެކްޓްރީތަކުގައި މަސައްކަތްކުރާނީ ރޮބޮޓް ހިނި

މައުލޫމާތު

20150403192637-festo-bionic-ant

ޖަރުމަނުގެ ފެސްޓޯ ކުންފުނިން ހަދާފައިވާ ރޮބޮޓް ހިނިތަކަކީ ކުރިމަގުގައި އިންސާނުންގެ ބަދަލުގައި ފެކްޓްރީތަކުގެ މަސައްކަތްތެރިންނަށްވުން އެކަށީގެންވެއެވެ.

ފަސް އިންޗި ދިގު، 6 އިންޗި ފުޅާ އަދި 1.5 އިންޗި އުސް މި “ބަޔޮނިކް އޭންޓް”އަކީ އިންސާނެއްގެ އަތްތިލައެއްގެ ސައިޒު ހުންނަ އެއްޗެކެވެ. އަދި އެކަތި އަނެކައްޗާ މުއާމަލާތް ކުރެއެވެ.

ތްރީޑީ ޕްރިންޓަރަކުން އުފައްދާފައިވާ މި ހިނިތަކަކީ ލިތިއަމް ބެޓްރީގެ ހަކަތައިން މަސައްކަތް ކުރާ އެއްޗެކެވެ. މި ހިނިތައް މަސައްކަތް ކުރާ ގޮތުގެ ފޮޓޯ އާއި ވީޑިއޯ މި ލިންކުން ބައްލަވައިލައްވާށެވެ.

1428089248_ants1

މި ހިނިތައް ޑިޒައިން ކޮށްފައިވަނީ އެކަތި އަނެކައްޗާ ގުޅިގެން މަސައްކަތް ކުރުމަށެވެ. ގުދުރަތީ ހިނި ވެސް މަސައްކަތް ކުރާ ފަދައިންނެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...