80 އަހަރުން މާ ފޮޅުނު ގަސް ކަނޑާލައިފި

މައުލޫމާތު

desert_agave

ހަނަފަސް ސަހަރާތަކުގައި ހެދޭ “އަގާވް” ނަމަކަށް ކިޔާ ގަހުގައި މާ އަޅަނީ އޭގެ އުމުރުން އެންމެ ފަހަރަކުއެވެ. އެއީ 80 އަހަރަށް ފަހުއެވެ. އަދި މާ ފޮޅުމާއެކު ގަސް މަރުވެދެއެވެ.

އެމެރިކާގެ މިޗިގަން ޔުނިވާސިޓީގައި ހުރި މީގެ ގަހުގައި 20 ފޫޓު އުސް މި މާ ފޮޅުމާއެކު ވަނީ ބުދަ ދުވަހު އެ ގަސް ކަނޑާލައިފައެވެ.

އެ ތަނުގެ ބަގީޗާ ބަލަހައްޓާ މައިކް ޕާމާ ވިދާޅުވީ މި ކަމާ އެންމެން ވެސް ވަރަށް ދެރަވި ކަމަށާއި ނަމަވެސް ކުރެވޭނެ އިތުރު ކަމެއް ނެތް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ގަހުގެ އޮށްތަކުން އާ ގަސް ފަޅުވައި، އެ ގަސްތައް ވިއްކާލާނެ ކަމަށެވެ.

ޔުނިވާސިޓީގެ މިއުޒިކާ ބެހޭ ޕްރޮފެސަރު މައިކަލް ގޫލްޑް ވިދާޅުވީ އެ މަލުގެ ތަނޑިން ފްލޫޓެއް ހަދާނެ ކަމަށެވެ.

އަގާވްގެ އުމުރު 100 އަހަރާ ގާތް ކުރާތީ މި ގަހަށް “ގަރުނު ގަސް” ވެސް ކިޔައެވެ. މިޗިގަން ޔުނިވާސިޓީގައި މަރުވެގެން ދިޔަ މި ގަސް އެ ތަނަށް ފުރަތަމަ ގެނައީ 1934 ވަނަ އަހަރުއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...