ކޯމާއެއްގައި އޮވެ ވިހޭ އަންހެނަކު ހޭއަރައިފި

މައުލޫމާތު

 sharista giles pregnant coma

އެމެރިކާގެ އަންހެނަކު 4 މަސް ދުވަސް ވަންދެން ކޯމާއެއްގައި އޮވެފައި، އެ ކޯމާގައި އޮވެ ވިހާފައި، މިދިޔަ ހަފުތާގައި ހޭއަރައިފިއެވެ.

ޓެނެސީ ސްޓޭޓަށް އުފަން އުމުރުން 20 އަހަރުގެ ޝަރިސްތާ ގައިލްސް މިދިޔަ ޑިސެމްބަރު މަހު 6 ވަނަ ދުވަހު ހިނގި ކާރު އެކްސިޑެންޓެއްގައި އޭނާގެ ބޮލަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ކޯމާއަކަށް ދިޔައެވެ. އަދި އޭނާ ހޭއަރާނެ ކަމަށް ޑޮކްޓަރުން ދިނީ އެންމެ 10 ޕަސެންޓްގެ ފުރުސަތެކެވެ.

ރައްޓެއްސަކު ކާރު ދުއްވަމުން އެ ރައްޓެހި މީހާ ނިދިތާއްޔާ ޖެހި ވި އެކްސިޑެންޓް ހިނގިއިރު ޝަރިސްތާގެ ބަނޑަށް 4 މަހެވެ.

ޝަރިސްތާގެ ބޮޑު ދައިތަ ބިވަލީ ގައިލްސް ބުނީ ޑޮކްޓަރުން އުއްމީދު ކަނޑާލި ނަމަވެސް، އާއިލާއިން އުއްމީދު ކަނޑާ ނުލާ ކަމަށެވެ.

ކޯމާގައި އޮވެ މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅު ޝަރިސްތާ ވަނީ ފިރިހެން ކުއްޖެއް ވިހައިފައެވެ. އެ ފިރިހެން ކުއްޖާގެ ހާލު ރަނގަޅެވެ. މިދިޔަ ބުދަ ދުވަހު ޝަރިސްތާ ވަނީ ހޭއަރާފައި ކަމަށާއި ސިކުނޑި ވެސް ރަނގަޅަށް މަސައްކަތް ކުރާ ކަމަށް އާއިލާއިން ބުންޏެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...