ދުނިޔޭގެ އެންމެ ބޮޑު ރާޅާ އަޅާ ބޯޑު އެމެރިކާއިން ހަދަނީ

މައުލޫމާތު

Worlds Largest Surfboard

ދުނިޔޭގެ އެންމެ ބޮޑު ސާފު ބޯޑު އެމެރިކާގެ ރޯޑް އައިލެންޑް ކުންފުންޏަކުން ހަދަން ފަށައިފިއެވެ.

އެއް ފަހަރާ 62 މީހުންނަށް ރާޅާ އެޅޭނެ މި ބޯޑުގެ ދިގު މިނުގައި 42 ފޫޓު އަދި ފުޅާ މިނުގައި 11 ފޫޓު ހުންނާނެ އެވެ.

ކުންފުނިން ބުނީ އެ މީހުންގެ އަމާޒަކީ ދުނިޔޭގެ ރެކޯޑެއް ގާއިމު ކޮށް ދުނިޔޭގެ ރެކޯޑް ފޮތް “ގައިނެސް ބުކް”އަށް އެރުން ކަމަށެވެ.

ޕްރޮޖެކްޓް މެނޭޖަރު ބޮބް ސްޓީލް (ފޮޓޯގެ ވައަތް ފަރާތުގައި) ވިދާޅުވީ އަންނަ ޖޫން މަހުގެ މެދު ތެރޭގައި ދުނިޔޭގެ ރެކޯޑް މުގުރާލެވޭނީ އެއް ފަހަރާ 62 މީހުންނަށް 10 ސިކުންތު ވަންދެން މި ބޯޑުގެ މަތީގައި ހުރެވިއްޖެ ނަމަ ކަމަށެވެ.

މިހެންވެ، މި ބޯޑުގެ މަތީގައި މި އަދަދަށްވާ މީހުންގެ ބަރުދަން ބެލެންސް ކުރުމަށްޓަކައި އޭރޯސްޕޭސް އިންޖިނިއަރެއްގެ އިރުޝާދު ހޯދަމުން އަންނަ ކަމަށް ވެސް ބޮބް ވިދާޅުވިއެވެ. އޭރޯސްޕޭސް އިންޖިނިއަރުންނަކީ ވައިގެ ތެރޭގައި އުޅަނދުފަހަރު، މިސާލަކަށް މަތިންދާބޯޓު، ބެލެންސް ވާ ގޮތް ކިޔަވާފައި ތިބޭ ތަޖުރިބާކާރުންނެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...