ސިކުނޑީގައި އިން ޓިއުމަރަކީ މަރުވެފައިވާ އެއްމާބަނޑު ދައްތަ!

މައުލޫމާތު

8a72359a44d0a1567f3a42e228d596b9

އެމެރިކާގެ އިންޑިއާނާ ޔުނިވާސިޓީގައި ކިޔަވަމުން އަންނަ އިންޑިޔާގެ ޒުވާން އަންހެނެއްގެ ސިކުނޑީގައި އިން ޓިއުމަރެއް ނަގަން ކުރި އޮޕަރޭޝަނަކުން ހާމަވީ އެ ޓިއުމަރަކީ އޭނާގެ އެއްމާބަނޑު ދައްތަ ކަމެވެ.

މި ގޮތަށް ދިމާވަނީ އެއްމާބަނޑު ދެބެއިން މަންމަގެ ބަނޑުގައި ދަރިމައިވުމުގައި އެއް ބިސް އަނެއް ބިހާ މަސްހުނިވުން ފަދަ ކަންތައް ދިމާވުމުންނެވެ. އެ ގޮތުން ދަރިމައިވި އެއް ބިސް ނުވަތަ އޭނާގެ “ދައްތަ” ވަނީ އޭނާގެ ސިކުނޑިއާ ދިމާއަށް ވަދެ، އެ ތާ އިނދެ މަރުވެ، ސިކުނޑީގެ “ޓިއުމަރަ”ކަށް ބަދަލުވެފައެވެ.

ހައިދަރުއާބާދަށް އުފަން، ކޮމްޕިއުޓަރު ސައިންސުން ޕީއެޗްޑީ އަށް ކިޔަވަމުން އަންނަ ޔާމިނީ ކަރަނަމް ބުނީ އޭނާގެ އުމުރުން މިވީ 26 އަހަރުގެ ތެރޭގައި ބޮލުގައި ނުރިއްސާ ދުވަހެއް ނުދާ ކަމަށެވެ. ނަމަވެސް ދާދި ފަހުން މީހުން ދައްކާ ވާހަކަ ވެސް ފަހުމް ނުވާ ހިސާބަށް ދިއުމުން ޑޮކްޓަރަށް ދެއްކީ ކަމަށެވެ.

ޔާމިނީގެ ސިކުނޑީގައި އިން “ޓެރަޓޯމާ” ނުވަތަ އޭނާގެ ދައްތަ އަށް ވާނޭ ބިހުގައި ކައްޓާއި އިސްތައްޓާއި ދަތް ވެސް ފަޅާފައި ހުއްޓެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...