ރިންގްޓޯންގެ ސަބަބުން ޅަ އަސްދޫނިތަކެއް ސަލާމަތް ކުރެވިއްޖެ

މައުލޫމާތު

pato

އެމެރިކާގެ ލުއިސިއާނާގެ ކާނެއް ތެރެއަށް ވަދެ ގެއްލުނު ޅަ އަސްދޫނިތަކެއް، އަލިފާން ނިއްވާ މީހެއްގެ ރިންގްޓޯންގެ ސަބަބުން ހޯދިއްޖެ އެވެ.

ކޯޑީގެ ނެކްޓްގެ ފޯން އަށް ލާފައިވަނީ އަސްދޫނި ގޮއްވާ އަޑެވެ. މިހެންވެ އޭނާގެ ފޯނަށް ކޯލެއް އައި އަޑު އިވިފައި އެ ހަ އަސްދޫނިތައް ގޮވާ އަޑު އިވުމުން އެ އެއްޗެހި ހުރި ދިމާ އެނގިގެން ކޯޑީ ގޮސް އެ އެއްޗެހި ސަލާމަތް ކޮށްދިނީ (ފޮޓޯތަކުގައި) އެވެ.

މި އަސްދޫނިތައް އެ އެއްޗެހީގެ މަންމަ އާ ވަކިވީ މިދިޔަ ހޮނިހިރު ދުވަހު ކަމަށާއި މިހާރު ވަނީ މަންމަ ގާތަށް އަލުން ގެނެސްދީފައި ކަމަށް އަލިފާން ނިއްވާ ސެކްޝަންގެ ތަރުޖަމާނު ޗާޑް ޑުފޯޓް ވިދާޅުވިއެވެ.

މި އަސްދޫނި އާއިލާ ދިރިއުޅެނީ އެ ހިސާބުގައި އޮންނަ ފެން ދަތުރު ކުރާ ކެނަލްއެއްގައި ކަމަށް އެ ހިސާބުގައި ދިރިއުޅޭ މީހުން ބުނެއެވެ.

ޑުފޯޓް ވިދާޅުވީ މިއީ މި ހަފުތާ ތެރޭގައި އަސްދޫނި ސަލާމަތް ކޮށްދިން ދެވަނަ ފަހަރު ކަމަށެވެ. އެ ގޮތުން އެޕްރީލް 19 ވަނަ ދުވަހު ގެއެއްގެ ބަދިގޭގެ ދުންހޮޅީގައި ތާށިވި އަސްދޫންޏެއް ވެސް އެ ސެކްޝަނުން ސަލާމަތް ކޮށްދިން ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...