ޑެންޑެލިއަން ވިނައިން ވެސް ރަބަރު އުފެއްދިދާނެކަން ހާމަވެއްޖެ
ރަބަރު ގަހުގެ އިތުރުން ޑެންޑެލިއަން ވިނައިން ވެސް ރަބަރު އުފެއްދިދާނެކަން ހާމަވެއްޖެއެވެ.
އަލަށް ކުރި ދިރާސާއަކުން އެނގުނު ގޮތުގައި މި ވިނައިގެ ބައެއް ސެލްތަކުގައި ރަބަރު އެކުލެވޭ މާއްދާއެއް އެކުލެވިފައި ހުރެއެވެ.
ސައިންސްވެރިން ވިދާޅުވި ގޮތުގައި ރަބަރު އުފެއްދުމަށް ބޭނުންވާ އެންމެ މުހިންމު މާއްދާ ކަމަށްވާ “ޕޮލިސޮޕްރީން” މި ވިނައިން ނިކުންނަ ކިރުގައި ހިމެނެއެވެ.
މި ދިރާސާއިން އިތުރަށް ހާމަވި ގޮތުގައި މި މާއްދާގެ އެހީގައި ބައެއް ކަހަލަ ބަލިތަކާއި އިންފެކްޝަންތައް ވެސް ނައްތާލެވިދާނެއެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
