ދިރާގުން ކުޑަކުދިންގެ ހިޔާގެ ތިން ޓީޗަރަކު ސްޕޮންސަކޮށްފި

ވިޔަފާރި

timthumb (2)

ރާއްޖޭގައި މުއާސަލާތީ ހިދުމަތް މައި ދޭ ކުންފުނި ދިރާގުން ކުޑަކުދިންގެ ހިޔާގެ ޓީޗަރުން މި އަހަރު ވެސް ސްޕޮންސާ ކޮށްފިއެވެ.

އެ ކުންފުނިން އަންނަނީ 2008 ވަަނަ އަހަރުން ފެށިގެން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ޓީޗަރުން ސްޕޮންސާކޮށް ހިލޭ އިންޓަނެޓް ހިދުމަތް ފޯރުކޮށް ދެމުންނެވެ.

ދިރާގުން ސްޕޮންސާކޮށްފައި ވަނީ ކުޑަކުދިންގެ ހިޔާގެ ތިން ޓީޗަރެކެވެ. އެ ކުންފުނިން 2013 ވަނަ އަހަރު ވަނީ ކުޑަކުދިންގެ ހިޔާގައި ލައިބުރަރީއަކާއި ކޮމްޕިއުޓަރު ލެބެއް ވެސް ގާއިމުކޮށް ދީފަ އެވެ.

އަދި ކުޑަކުދިންގެ ހިޔާގައި ކޮންމެ އަހަރަކު އެއް ފަހަރު މެޖިކް ޝޯ އެއްވެސް ދިރާގުން ބާއްވަ އެވެެ.

ދިރާގުގެ ސީއީއޯ އިސްމާއީލް ރަޝީދު ވިދާޅުވީ ކުޑަކުދިންގެ ހިޔާގެ ޓީޗަރުން ސްޕޮންސަ ކުުރުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މިއީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ތެރެެއިން ވެދެމުން އަންނަ އެހީތެރިކަމެއް ކަމަށް ވެސް ދިރާގުން ބުންޏެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...