ފަސްމުގޫ ރޯދަ ސޭލް ފަށައިފި

ވިޔަފާރި
ފަސްމުގޫ ރޯދަ ސޭލުގައި ރޭ ބަޔަކު ވިޔަފާރި ކުރަނީ. މި ސޭލް އެއްމަސްދުވަހުގެ ނިޔަލަށް ކުރިއަށްދާނެ—އީޓީ ފޮޓޯ / ތޯރިގް
ފަސްމުގޫ ރޯދަ ސޭލުގައި ރޭ ބަޔަކު ވިޔަފާރި ކުރަނީ. މި ސޭލް އެއްމަސްދުވަހުގެ ނިޔަލަށް ކުރިއަށްދާނެ—އީޓީ ފޮޓޯ / ތޯރިގް

 

ރޯދަމަހާ ދިމާކޮށް އޭދަފުށީ ފަސްމުގޫ ފިހާރައިން އަގުހުރި އިނާމުތަކާ އެކު “ފަސްމުގޫ ރޯދަ ސޭލް” ފަށައިފި އެވެ.

އިއްޔެ ފަށާފައިވާ މި ސޭލް އެއް މަސްދުވަހުގެ ނިޔަލަށް ކުރިއަށް ދާއިރު މި ސޭލްއަކީ ބ. އަތޮޅުގައި ބާއްވާ މިފަދަ އެންމެ ބޮޑު ސޭލުކަމަށް ފަސްމުގޫއިން ބުނެ އެވެ.

“މިއީ ފަަސްމޫގޫ އިން މުޅިން އަލަށް ފަށާ ރޯދަ ސޭލެއް. އަޅުގަނޑުމެންނަށް މުޅިން އާ ތަޖުރިބާއެއް. ޖީބަށް ލުއި ގޮތަކަށް އެއްމަސް ދުވަހަށް ރައްޔިތުންނާނާ ވަރަށް ގުޅުންހުރި ބޭނުންތެރި އަގުރުރި އިނާމު ތަކަކާއެކު ސޭލް ކުރިއަށްދާނީ،” ފަސްމުގޫ އިން ވާހަަކަ ދެއްކި އިސްމާއިލް ޝަހީމުބުންޏެވެ.

ފަސްމުގޫ ރޯދަ ސޭލުގެ ފުރަތަމަ ރޭ ގެ ނަސީބުވެރިޔާ ހޮވަނީ، ރޭގެ ނަސޯބުވެރިއަކަށް ހޮވުނީ 0092 ނަންބަރުގެ ލަކީ ޑްރޯ
ފަސްމުގޫ ރޯދަ ސޭލުގެ ފުރަތަމަ ރޭ ގެ ނަސީބުވެރިޔާ ހޮވަނީ، ރޭގެ ނަސޯބުވެރިއަކަށް ހޮވުނީ 0092 ނަންބަރުގެ ލަކީ ޑްރޯ

 

މި ފިހާރައިން ކުރާ ކޮންމެ 300ރ. ގެ ވިޔަފާރިއަށް މި ސޭލުގައި ލަކީޑްރޯ ކޫޕަނެއް ލިބޭނެ އެވެ. އަދި ކޮންމެ ރެއަކު ގުރުއަތުން ހޮވޭ ފަރާތަކަށް އަގުހުރި އިނާމުތައް ވަގުތުން ދިނުމަށް ވެސް ވަނީ ހަމަޖެހިފައި އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...