ކެންދޫ ކައުންސިލު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް އެފްސީ ވެންގާޑް

ކުޅިވަރު
ކެންދޫ ކައުންސިލު ފުޓްބޯޅަ މުބާރާތުގެ ތެރެއިން-- ފޮޓޯ: ކެންދޫ ކައުންސިލް
ކެންދޫ ކައުންސިލު ފުޓްބޯޅަ މުބާރާތުގެ ތެރެއިން– ފޮޓޯ: ކެންދޫ ކައުންސިލް

 

ބ. ކެންދޫ ޒުވާނުންނަށް ހާއްސަ ކޮށްގެން އެރަށުގައި މިހާރު ކުރިއަށްދާ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ އެފްސީ ވެންގާޑް ހޯދައިފި އެވެ.

އެ ޓީމު ފައިނަލަށް ދިޔައީ، ސެމީގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ވިނާސް ބޯއީސް އާ ވާދަކޮށް 1-0 އިން މޮޅުވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެފްސީ ވެންގާޑްގެ އަބްދުލް މޫމިން އަބްދުލް ވައްހާބު އެވެ.

މުބާރާތުގެ ސެމީގެ ދެ ވަނަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރާނީ ޑައިމަންޑް ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ގްލޯރިއަސް ވިކްޓަރީ އެވެ.

މިއީ ކެންދޫ ކައުންސިލްގެ ފަރާތުން ބާއްވާ ފުރަތަމަ ފުޓްބޯޅަ މުބާރާތެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000ރ. ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...