ބ. އަތޮޅުގެ މިސްކިތްތަކަށް މުސްޙަފް ހަދިޔާކޮށްފި

ޚަބަރު
ބ. އަތޮޅުގެ ރަށްރަށަށް މުސްހަފް ހަދިޔާކުރުމަށް އޭދަފުށީ ޕޮލިހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ބ. އަތޮޅުގެ ރަށްރަށަށް މުސްހަފް ހަދިޔާކުރުމަށް އޭދަފުށީ ޕޮލިހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

 

ބަހުރައިންގެ ޕޮލިސް އެކަޑަމީގެ ފަރާތުން ރާއްޖޭގެ ހުރިހާ އަތޮޅަކަށް ހަދިޔާކޮށްފައިވާ މުސްޙަފް އަދި ގުރުއާން އިނގިރޭސި ތަރުޖަމާ ބ. އަތޮޅުގެ މިސްކިތްތަކަށް ހަދިޔާކޮށްފި އެވެ.

އޭދަފުށީ ޕޮލިސްޓޭޝަންގައި އިއްޔެ އޮތް ރަސްމިއްޔާތުގައި މުސްޙަފް އަދި އިނގިރޭސި ތަރުޖަމާ އަތޮޅުކައުންސިލާ ޙަވާލުކޮށްދެއްވީ ނޯތު ޕޮލިސް ޑިވިޜަން ކޮމާންޑަރު އިންސްޕެކްޓަރު އޮފް ޕޮލިސް އަބްދުﷲ ނަޞީރު އެވެ. އަތޮޅު ކައުންސިލްގެ ފަރާތުން މި ތަކެއްޗާ ހަވާލުވީ ކައުންސިލްގެ ރައީސް މުޙައްމަދު އާދިލެވެ.

ބ. އަތޮޅުގެ ރަށްރަށަށް މުސްހަފް ހަދިޔާކުރުމަށް އޭދަފުށީ ޕޮލިހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ބ. އަތޮޅުގެ ރަށްރަށަށް މުސްހަފް ހަދިޔާކުރުމަށް އޭދަފުށީ ޕޮލިހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

 

މި ރަސްމިއްޔާތުގައި އޭދަފުށީ ޕޮލިސްޓޭޝަން އިސްވެރިންނާއި އަތޮޅުކައުންސިލްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...