ކައްކާނީ، ވެލާ ސްޕޯޓްސް، އެފްސީ ހަބޭސް އަދި ލަކީ އެއިޓް މޮޅުވެއްޖެ

ކުޅިވަރު
ދިރާގު ތްރީ އޮން ތްރީ ކަޕުގައި ކުޅެނީ. –ފޮޓޯ / ދަ ބިގިނާސް
ދިރާގު ތްރީ އޮން ތްރީ ކަޕުގައި ކުޅެނީ. –ފޮޓޯ / ދަ ބިގިނާސް

ދިރާގު ތްރީ އޮން ތްރީ ސްކާ ކަޕުގައި ކައްކާނީ އާއި ވެލާ ސްޕޯޓްސް އާއި އެފްސީ ހަބޭސް އަދި ލަކީ އެއިޓް މޮޅުވެއްޖެ އެވެ.

ރޭ ކުޅުނު ފުރަތަމަ މެޗުގައި ގްރޫޕް އޭ ގެ ކައްކާނި ވަނީ ކޮޕީފަތް އަތުން 2-0 އިން މޮޅުވެފަ އެވެ. ގްރޫޕް ބީގެ ސައްލޭ ސްޕޯޓްސް އަތުން ވެލާ ސްޕޯޓްސް މޮޅުވީ 3-2 އިންނެވެ.

ގްރޫޕް ސީ ގެ ދެ ވަނަ މެޗުގައި އެފްސީ ސޫޕް އަތުން އެފްސީ ހަބޭސް 2-1 އިން މޮޅުވިއިރު ރޭ ގެ ފަހު މެޗުގައި ގްރޫޕް ޑީ ގެ ސަންސެޓް އަތުން ލަކީ އެއިޓް ވަނީ 2-0 އިން މޮޅުވެފަ އެވެ.

މުބާރާތުގައި މިރޭވެސް ހަތަރު މެޗު ކުޅޭނެ އެވެ.

މިއީ ކްލަބް ދަ ބިގިނާސް އިން ރަމަޟާން ތްރީ އޮން ތްރީ ސޮކާ ކަޕް ބާއްވާ 6 ވަނަ އަހަރެވެ.

މިފަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރަކީ ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި ދިރާގު އެވެ. އަދި ކޯ ސްޕޮންސަރުންނަކީ ކެލިން އާއި ޑިޒަޔާޑް މޯލްޑިވްސް އެވެ. މިފަހަރުވެސް މުބާރާތުގެ މީޑިޔާ ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ އޭދަފުށި ޓައިމްސް “އީޓީ” އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...