ބ. އަތޮޅުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް ފަށައިފި

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން
ބ. އަތޮޅު ކައުންސިލުން ކުރިއަށްގެންދާ ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމުގެ ތެރެއިން-- ފޮޓޯ އަތޮޅު ކައުންސިލް އިދާރާ
ބ. އަތޮޅު ކައުންސިލުން ކުރިއަށްގެންދާ ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމުގެ ތެރެއިން– ފޮޓޯ އަތޮޅު ކައުންސިލް އިދާރާ

 

ރަމަޟާން މަހުގެ ދުވަސްތައް އިހްޔާ ކުރުމުގެ ގޮތުން ބ. އަތޮޅުގެ ރަށްރަށުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް އަތޮޅު ކައުންސިލުން ފަށައިފި އެވެ.

އަތޮޅު ކައުންސިލުން ބުނި ގޮތުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމު މިއަހަރުވެސް އަތޮޅުގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފަ އެވެ. އެގޮތުން ބުރާސްފަތި އަދި ހުކުރު ދުވަހު މި ޕްރޮގްރާމުގެ ދަށުން އަތޮޅުގެ ދެނުކު ބިތުގެ ރަށްރަށުގައި ވަނީ ދީނީ ނަސޭހަތް ދީފަ އެވެ. މިއަދާ މާދަމާ އޭދަފުއްޓާއި އަތޮޅުގެ އުތުރު ބިތުގެ ރަށްރަށުގައި މި ޕްރޮގްރާމު ކުރިއަށްދާނެ ކަމަށް އަތޮޅު ކައުންސިލުން ބުންޏެވެ.

މެންދުރު ނަމާދާއި އަސުރު ނަމާދަށްފަހު މި ޕްރޮގްރާމުގައި ދީނީ ނަސޭހަތް ދެއްވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން ގާނޫނީ ދާއިރާ އިން ޕީއެޗް.ޑީ ހާސިލްކުރެއްވާފައިވާ ޑރ އަބްދުﷲ ޝިހާމް ހަސަން އެވެ.

ބ. އަތޮޅު ކައުންސިލުން ކުރިއަށްގެންދާ ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމުގެ ތެރެއިން-- ފޮޓޯ އަތޮޅު ކައުންސިލް އިދާރާ
ބ. އަތޮޅު ކައުންސިލުން ކުރިއަށްގެންދާ ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމުގެ ތެރެއިން– ފޮޓޯ އަތޮޅު ކައުންސިލް އިދާރާ

 

ދީނީ ކަންތައްތަކަށް އާއްމުން ހޭލުންތެރި ކުރުވުމުގެ މަގުސަދުގައި ބާއްވާ ދީނީ ނަސޭހަތުގެ ޕްރޮގްރާމްތައް އަޑު އެހުމަށް ގިނަ ބަޔަކު މިސްކިތްތަކަށް ދާ ކަމަށްވެ އެވެ.

ފާއިތުވި ރަމަޟާން މަހުގެ ތެރޭގައި ވެސް ދީނީ ނަސޭހަތްދިނުމުގެ ޕްރޮގްރާމެއް އަތޮޅު ކައުންސިލުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...