“މައުފާ” ގައި ރޯދަވީއްލުމުގެ ޚާއްސަ ޕެކޭޖްތަކެއް

އޭދަފުށި ޓައިމްސްޚަބަރު
މައުފާ ރެސްޓޯރަންޓް.
މައުފާ ރެސްޓޯރަންޓް.

ޒުވާނުންގެ މެދުގައި އެންމެ މަޝްހޫރު އެއް ރެސްޓޯރެންޓް ކަމަށްވާ ބ. އޭދަފުށީ މައުފާ އިން ރެސްޓޯރަންޓްގައި ރަމަޟާން މަހަށް ޚާއްސަކޮށްގެން ރޯދަވީއްލުމުގެ ޚާއްސަ ޕެކޭޖުތަކެއް ތައާރަފު ކޮށްފި އެވެ.

މި ރޯދަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ހާއްސަ ރޯދަ ވީއްލުންތަކުގައި ތަފާތު މެނޫތަކެއް ތައްޔާރުކޮށް އަތްފޯރާ ފަށުގައި ލިބެން ހުންނާނެ ކަމަށް އެ ރެސްޓޯރެންޓުން ބުންޏެވެ.

މައުފާ ގައި ރޯދަ މެނޫތަކުގެ އަގުތައް ހުރީ 65ރ. އިން ފެށިގެން 195ރ. އާ ދެމެދު އަގުތަކެއްގަ އެވެ.

މިއިން ކޮންމެ މެނޫއެއްގައިވެސް ރޯދަ ވީއްލުމަށް ބޭނުންވާ ތަފާތު ގިނަ އައިޓަމްތައް ހިމެނެ އެވެ.

މައުފާ ރެސްޓޯރަންޓްގެ ރޯދަ މެނޫ
މައުފާ ރެސްޓޯރަންޓްގެ ރޯދަ މެނޫ

މައުފާ ރެސްޓޯރަންޓުން ބުނި ގޮތުގައި ޚާއްސަ ރޯދަ ވީއްލުންތަކެއް ބޭއްވުމުގެ ބޭނުމަކީ އާންމުންނަށް ލުއި އަގެއްގައި، ހިތްގައިމު ތަނެއްގައި ތިބެގެން ރޯދަ ވީއްލުމުގެ ފުރުސަތު ހޯދައިދިނުމެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...