ސީސީން ބާއްވާ ފުޓްސަލް މުބާރާތަށް ފުރުސަތު ހުޅުވާލައިފި

ކުޅިވަރު

cc

“ސީސީ ރެޑްބުލް ފުޓްސަލް ފިއެސްޓާ” ގެ ނަމުގައި ބ. އޭދަފުށީ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ކްލަބް ކޮމްބިނޭޝަން (ސީސީ) އިން ފިތުރު އީދު ބަންދާ ގުޅުވައިގެން ފުޓްސަލް މުބާރާތެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

 ރެޑްބުލް ފުޓްސަލް ފިއެސްޓާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޖުލައި 14 ވަނަ ދުވަހުގެ ނިޔަލަށެވެ. މުބާރާތުގައި ބައިވެރިވުމުގެ ފީ އެއްގެ ގޮތުގައި 1500ރ ދައްކަން ޖެހެ އެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 8000 ރުފިޔާ ހުށަހަޅާފައިވާ އިރު ރަނައަޕް ޓީމަށް 3000 ރުފިޔާ ހުށަހަޅާފައިވެ އެވެ.

މުބާރާތާ ގުޅޭ ގޮތުން ސާފު ކުރަން ޖެހޭ މައުލޫމާތު 9661111، 9993837 ނަންބަރު ފޯނާ ގުޅާލައިގެން ލިބޭނެ އިންތިޒާމް ސީސީން ވަނީ ހަމަޖައްސާފަ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...