އޭދަފުށި ފުޓްސަލް ދަނޑުގެ ކަނު ކަމަށް ބީރު ކަންފަތެއް

ރިޕޯޓް
ފެއިމްސް ޔުނައިޓެޑް އާއި އޮޒޯކް ބައްދަލުކުރި މެޗުގެ ތެރެއިން
ފެއިމްސް ޔުނައިޓެޑް އާއި އޮޒޯކް ބައްދަލުކުރި މެޗުގެ ތެރެއިން

 

އޭދަފުށީ ފުޓްސަލް ދަނޑުހުޅުވުނީއްސުރެ މިހާތަނަށް ވޭތުވެދިޔަ މަސްތަކުގެ ތެރޭ މި ދަނޑުގެ ލޯ ވަނީ އަދިރިވެފަ އެވެ. އެހެނީ އެ ދަނޑަށް އަލިކުރުމަށްޓަކައި ޖަހާފައިވާ ލައިޓްތަކަކީ ގޭގޭގެ ގޯތިތެރެ ނުވަތަ މަގުމަތި އަލިކުރުމަށްޖަހާ ބާވަތުގެ ނުލާހިކު އަލިކަންކުޑަ އަދި މިފަދަ ދަނޑުތަކުގައި ބޭނުންކޮށްއުޅޭ ލައިޓްތަކަކަށް ނުވާތީ އެވެ.

މި ސަބަބަށްޓަކައި އެ ދަނޑަށް ބޯޅަކުޅެން ޒުވާނުންނަށް ކުރިމަތިވެފައިވަނީ ލޮލުގެ އަލިކަން ފަނޑުވެފައިވާ ދުވަސްވީ މީހުންގެބީދައިން ފަނޑުފަނޑު އަލިކަމެއްގެތެރޭގައި ހިތާދެކޮޅަށް ބޯޅަކުޅުމުގައި ޙަރަކާތްތެރިވުމުގެ ހިތްދަތި އިޙްސާސްތަކެވެ.

އޭދަފުށީ ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -  އީޓީ ފޮޓޯ: ތޯރިގު އަބްދުއްރަހްމާން
އޭދަފުށީ ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން – އީޓީ ފޮޓޯ: ތޯރިގު އަބްދުއްރަހްމާން

 

މިކަމަށް ޙައްލެއްގެނެވޭތޯ ޒުވާނުންދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ރަށުކައުންސިލާ އަދި ކަމާގުޅުންހުރި ސަރުކާރުގެ އެންމެހާ މުއައްސަސާތަކާ އިދާރާތަކުގައި ޓަކިޖަހާ ޒުވާނުންގެ އަގުހުރި ވަގުތުތައް ދަނީ ބޭކާރުވެގެންނެވެ. ނަތީޖާއެއް ފެންނާނެކަމުގެ ކުޑަވެސް އުއްމީދެއް އަދި މިހާތަނަށް ފެނިފައެއް ނުވެއެވެ. ޒިންމާ އުފުލާނެ މަސްއޫލުފަރާތެއް އަމުދުން ނެތްކަހަލައެވެ. އެހެނީ މިކަމަށްޓަކައި ކުރެވޭއެއްވެސް މަސައްކަތެއްގެ އެއްވެސް ނަތީޖާއެއް އަދިވަނީ ނުފެނިފަ އެވެ.

ދަނޑުގެ ލޯއަދިރިވެ އަލިކަންނެތިފައިވާ ޙާލު ލޯ އަލިކޮށް އަނދިރިކަން ފިލުވޭތޯ ކަމާބެހޭ ދައުލަތުގެ އިދާރާތަކާއި، އާއްމު އަފުރާދުންގެ ސަމާލުކަމަށްޓަކައި މިވާހަކަ ލިޔެލީމެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...