ދަރަވަންދޫ ފުޓްބޯޅަ ދަނޑު ސަަރަހައްދުގައި ފެންސް ޖަހައިފި

ޚަބަރު
ދަރަވަންދޫ ފުޓްބޯޅަ ދަނޑުގައި ފެންސް ޖަހައިފި
ދަރަވަންދޫ ފުޓްބޯޅަ ދަނޑުގައި ސަރަހައްދުގައި ފެންސް ޖަހައިފައި

 

ބ. ދަރަވަންދޫ ފުޓްބޯޅަ ދަނޑު ހިމެނޭ ސަރަހައްދުގެ ވަށާފާރު ރާނައި ފެންސް ދާ ޖަހައިފި އެވެ

ދަރަވަންދޫ ކައުންސިލުން ބުނީ ފުޓްބޯޅަ ދަނޑު ސަރަހައްދު ތަރައްޤީ ކުރުމުގެ ޕްރޮޖެކްޓް ފުރަތަމަ ފިޔަވަހީގައި ކުރިޔަށްގެންދެވުނު މި މަސައްކަތުގެ ދަށުން އެގާރަސަތޭކަ ފޫޓް ދިގު ސަރަހައްދެއްގައި ވަށާފާރު ތިން ފޫޓަށް ރާނައި، ހަފޫޓް އުސްކޮށް ފެންސް ދާ ޖަހާފައިވާ ކަމަށެވެ.

ޔޫތު މިނިސްޓްރީއާ ހަވާލާދީ ދަރަވަންދޫ ކައުންސިލުން ބުނި ގޮތުގައި ހަތްލައްކަ ރުފިޔާއަށްވުރެ އަގުބޮޑު މި މަސައްކަތަށް ފަހު ދަނޑުގެ ލައިޓްތައް ޖެހުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

ރާއްޖޭގެ ރަށްރަށުގައި ސްޕޯޓްސް އެރީނާތައް ގާއިމް ކުރުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން ދަރަވަންދޫގައި ފުޓްސަލް ދަނޑަކާއި ވޮލީ ކޯޓަކާއި ނެޓްބޯޅަ ކޯޓަކާއި އަދު ބަށިކޯޓެއްގެ އިތުރުން ފުޓްބޯޅަ ދަނޑެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް ދަރަވަންދޫ ކައުންސިލުން ބުންޏެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...