ކަމަދޫ ކައުންސިލުގެ ރައީސްކަމަށް އަލީ އިސްމާޢިލް

މިއަތޮޅު ކަމަދޫ ކައުންސލިގެ ރައީސްކަމަށް އިންތިޚާބުވި ޢަލީ އިސްމާޢިލް
މިއަތޮޅު ކަމަދޫ ކައުންސލިގެ ރައީސްކަމަށް އިންތިޚާބުވި ޢަލީ އިސްމާޢިލް

މިއަތޮޅު ކަމަދޫ ކައުންސިލުން ހުސްވެފައިވާ ރައީސްކަމުގެ މަޤާމަށް ޢަލީ އިސްމާޢިލު އިންތިޚާބު ކޮށްފިއެވެ.

އެމަޤާމު ހުސްވެފައިވަނީ ކުރިން އެ މަޤާމުގައި ހުންނެވި އަޙުމަދު ސަމީރުގެ އިތުބާރު ނެތްކަމަށް މި ޖުލައި މަހުގެ 15 ވަނަ ދުވަހު އެ ކައުންސިލުގެ އަޣުލަބިއްޔަތުން ފާސްކުރުމާއި ގުޅިގެންނެވެ.

ޢަލީ އިސްމާޢިިލު ރައީސްކަމުގެ މަޤާމަށް އިންތިހާބުކުރުމަށް އެ ކައުންސިލުގައި ހިމެނިވަޑައިގަންނަވާ 5 މެމްބަރުންގެ ތެރެއިން 4 މެމްބަރުން ވޯޓު ދެއްވިއެވެ. މިއަދު ނެގި ވޯޓުގައި އެ މަޤާމުގައި ކުރިން ހުނެްނެވި އަޙުމަދު ސަމީރު ބައިވެރިވަޑައެއް ނުގަންނަވައެވެ.

ކަމަދޫ ކައުންސިލުގައި ތިބެނީ އެމްޑީޕީގެ 3 މެމްބަރުންނާއި ޖުމްހޫރީ ޕާޓީގެ މެމްބަރަކާއި ޕީޕީއެމްގެ މެމްބަރެކެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...