ތުޅާދޫގައި ތުއްތު ކުއްޖަކު މަރުވި މައްސަލާގައި މަންމަ ހައްޔަރުކޮށްފި

ޚަބަރު
ބ. ތުޅާދޫ
ބ. ތުޅާދޫ

 

ބ. ތުޅާދޫގައި ދުވަސްނުފުރާ ނަހަލާލަށް ވިހޭ ތުއްތު ކުއްޖަކު މަރުވެފައި އޮއްވައި ފެނުނު މައްސަލައިގައި އެ ކުއްޖާގެ މަންމަ މިއަދު ހައްޔަރުކޮށްފި އެވެ.

އެ މައްސަލާގައި އެ ކުއްޖާގެ މަންމަ މިއަދު ހައްޔަރުކުރީ އޭނާއަށް ފަރުވާ ދިނުމަށް ފަހު، މިއަތޮޅު ހޮސްޕިޓަލުން މިއަދު އޭނާ ދޫކޮށްލާފައި ވަނިކޮށެވެ. އަތޮޅު ހޮސްޕިޓަލާ ހަވާލާދީ “ހަވީރު” އޮންލައިނުގައި ބުނެފައިވަނީ އަންހެންމީހާ އަށް ފަރުވާދިނީ ޖަރާސީމުގެ އަސަރުކުރުމުން ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލައިގާ ކުއްޖާގެ މަންމަ، މިއަދު ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

އުމުރުން 18 އަހަރުގެ އެ އަންހެން މީހާ މިދިޔަ އަންގާރަ ދުވަހުގެ ރޭ ވިހެއީ ބަނޑަށް ހަތް މަހުގައި އަމިއްލައަށް ގޭގަ އެވެ. މަރުވި ތުއްތު ކުއްޖާގެ ހަށިގަނޑު މިދިޔަ ބުދަ ދުވަހު މާލެ ގެނެސް ވަނީ ވަޅުލައިފަ އެވެ.

މިއަދު ހައްޔަރުކުރި އަންހެންމީހާ ވިހެއި ތުއްތުކުއްޖާ ފެނުނު އިރު ވެސް އޮތީ މަރުވެފައި ކަމަށާއި އެ އަންހެން މީހާ ބަނޑުބޮޑުކަން އެ ރަށުގެ މީހުންނަށް އެނގުނީ ވެސް ވިހެއި ފަހުން ކަމަށް އެ ރަށުތެރޭޣައި ވާހަކަ ދެކެވެ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...