މިނިވަން 50 އާ ގުޅުވައިގެން އޭދަފުށީގައި ބަށި މުބާރާތެއް

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުނު، ރަން ޔޫބީލް ފާހަގަކުރާ މުނާސަބަތާ ގުޅުވައިގެން އޭދަފުއްޓަށް ހުޅުވާލައިގެން ބަށީ މުބާރާތެއް ބާއްވަން ތައްޔާރު ވެއްޖެ އެވެ.
ޕީޕީއެމް އޭދަފުށީ ގޮފިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑް ވޭވް ސަލީމް) ގެ އިސްނެންގެވުމުގެ މަތިން ބާއްވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000ރ ގެ އިނާމެއް ހުށަހަޅާފައިވާ ކަމަށެވެ.
އެ އިއުލާނުގައި ބުނެފައިވާ ގޮތުގައި އަންނެހުންގެ މެދުގައި ގައުމީ އަދި އިޖްތިމާއީ ރޫހް އާލާކޮށް ކުޅިވަރުގެ މައިދާނުގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމުގެ މަގުސަދުގައި ބާއްވާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން އަންނަ ހޯމަ ދުވަހުގެ ކުރިން ޓީމު ލިސްޓް ހުށަހަޅަން ޖެހެއެވެ.
ޕީޕީއެމް އޭދަފުށި ގޮފިން ބަށި މުބާރާތެއް ބާއްވަން އިއުލާން ކޮށްފައިވާއިރު، މިކަމާ ގުޅޭގޮތުން އޭދަފުށީގައި ޕީޕީއެމް ހަރަކާތްތަކުގައި އިސްކޮށްއުޅޭ ބައެއް ފަރާތްތަކާ ‘އީޓީ’ ން ގުޅާލުމުން ބުނީ ޕީޕީއެމް އޭދަފުށީ ގޮފީގެ ނަމުގައި އެއްވެސް ގޮއްޕެއް ރަޖިސްކޮށްފައި ނުވާނެ ކަމަށެވެ. އަދި ރަޖިސްޓްރީ ނުކުރާ ގޮތްޕަކުން މިގޮތަށް މުބާރާތެއް ބާއްވަން އިއުލާން ކުރުމުން އެކަމާ ކަންބޮޑުވާ ކަމަށްވެސް ބައެއް ފަރާތްތަކުން ބުންޏެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...